ސައިކަލެއް ވަގަށް ނަގައިގެން ދުއްވަމުން ދިޔަ މީހަކަށް އަހަރަކަށްވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް

ސައިކަލެއް ވަގަށް ނަގައިގެން ދުއްވަމުން ދިޔަ މީހަކަށް އަހަރަކަށްވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް

Author
ހުސައިން
20 އޮކްޓޯބަރ 2025 01:06
0

ހުޅުމާލެ ފޭސް ދޭގައި ޕާކު ކޮށްފައި ހުރި ސައިކަލެއް ވަގަށް ނަގައި ދުއްވަމުން ދިޔަ މީހަކަށް އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމްކޮށްފި އެވެ. ގއ. މާމެންދޫ ބިލަތްމާގެ މުހައްމަދު ފަޒީނަށް ކުރިމިނަލް ކޯޓުން މި ހުކުމް ކުރީ އޭނާ މި ކުށަށް އިއުތިރާފްވެ، ދައުވާ ސާބިތުވުމުންނެވެ.

މިދިޔަ އޭޕްރީލް މަހުގެ ދެވަނަ ދުވަހު ދަންވަރު ވިނަރެސް ފަހެއްގެ ކައިރީ ޕާކު ކޮށްފައި ހުރި ސައިކަލެއް ގެއްލުނު މައްސަލައިގައި ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށް، ފަޒީން އެ ސައިކަލް ދުއްވަމުން ދަނިކޮށް މަޖީދީމަގު ހިރިގާ ކެފޭ ކައިރީ ފެނިފައިވެ އެވެ. އޭނާ އެ ސައިކަލް ޕާކު ކުރުމަށްފަހު ކަފިހުރަސްމަތީ ހުއްޓުވި ވަގުތު އޭނާގެ އަތުން ސައިކަލްގެ ރިމޯޓް ފެނިފައިވާ ކަމަށް ހުކުމްގައި ބުނެފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.