ހުޅުމާލޭގެ އެޕާޓްމަންޓެއްގައި ރޯވި އަލިފާން ނިއްވާލައިފި

ހުޅުމާލޭގެ އެޕާޓްމަންޓެއްގައި ރޯވި އަލިފާން ނިއްވާލައިފި

Author
ހުސައިން
18 އޮކްޓޯބަރ 2025 11:57
0

މިއަދު ހެނދުނު ހުޅުމާލޭގެ ފޭސް 1، ލޮޓް 10066 އެޕާޓްމަންޓެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފިއެވެ. މި ހާދިސާގެ މަޢުލޫމާތު ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބުނީ މިއަދު ހެނދުނު 08:49 ހާއިރުއެވެ. މަޢުލޫމާތު ލިބުމުން ވަގުތުން މާލެ އޭރިއާ ކޮމާންޑްގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައި، 09:25 ހާއިރު އަލިފާން މުޅިން ނިއްވާލެވުނެވެ. އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ނަމަވެސް އެޕާޓްމަންޓުގެ އެއް ކޮޓަރިއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.