ތިލަފުށީ ލޯންޗު ވަގަށްނެގި މައްސަލައިގައި ދެމީހަކަށް ފަސްދުވަހަށް ބަންދު ކޮށްފި

ތިލަފުށީ ލޯންޗު ވަގަށްނެގި މައްސަލައިގައި ދެމީހަކަށް ފަސްދުވަހަށް ބަންދު ކޮށްފި

Author
ހުސައިން
18 އޮކްޓޯބަރ 2025 11:56
0

ކ. ތިލަފުށީ ފަޅުން ސްޕީޑު ލޯންޗެއް ވަގަށްނަގައި، އެ ލޯންޗަށް ގެއްލުންދީ އިންޖީނުގެ ގިއަރެއް ވަގަށްނެގި ދެ މީހަކަށް ފަސް ދުވަހުގެ ބަންދު އަމުރެއް ކޯޓުން ނެރެފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ށ. ފޯކައިދޫ ޗަނބޭލީގޭ ހަސަން ރަޝީދު އަހްމަދާއި ށ. ފޯކައިދޫ ޝިއުމާމަންޒިލް އިބްރާހީމް މަމްދޫހެވެ.

ބަންދު މަޖިލީހުގައި ދެ މީހުންވެސް ފުލުހުން ކުރި ތުހުމަތުތަކަށް އިއުތިރާފުވި ކަމަށް ބަންދު އަމުރުގައި ބުނެފައިވެއެވެ. ދެ މީހުންނަކީ ބަންދު ރިކޯޑެއް އޮންނަ ބައެއް ނޫންކަމަށް ވާތީ، ތަހުގީގު މަރުހަލާގައި އިއުތިރާފުގެ އެއްބަސްވުމެއް ނުވަތަ ނަސޭހަތުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު އޮންނަކަން ޤާޟީ ސޮފްވަތު ހަބީބު އެ ދެ މީހުންނަށް ވަނީ އަންގައިދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.