މަޑަގަސްކަރުގެ ސަރުކާރާ ދެކޮޅަށް ހޫނުވި މުޒާހަރާތަކުގެ ތެރޭގައި އެ ގައުމުގެ މިލިޓަރީން ވެރިކަން ވައްޓާލައި އާމީ ލީޑަރު ކާނަލް މައިކަލް ރަންޑްރިއަނިރީނާ ރައީސްކަމަށް އައްޔަނުކޮށްފިއެވެ.
ސަރުކާރު ވައްޓާލާ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ކޮންޓްރޯލު ނަގައި ގާނޫނު އަސާސީގެ ބާރުތައް މިލިޓަރީން ހިފަހައްޓައިފައިވާއިރު، ހައިކޯޓުން އިއްޔެ ކާނަލް ރަންޑްރިއަނިރީނާ ރަސްމީކޮށް ރައީސަކަށް ވަނީ އައްޔަން ކޮށްފައެވެ. މިކަމާ ގުޅިގެން އޭރުގެ ރައީސް ގައުމު ދޫކުރައްވައި ފިއްލަވައިފައިވާއިރު، ކުރިއަށްދިޔަ މުޒާހަރާތަކުގައި 22 މީހުން މަރުވެ 100 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ.
ކޮމެންޓު ފޮނުވާ