ތިން ރަށެއްގައި ފިޓްނަސް ސެންޓަރު އެޅުމަށް ފެނަކައާ ހަވާލު ކޮށްފި

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު އެޅުމަށް ފެނަކައާ ހަވާލު ކޮށްފި

Author
ހުސައިން
17 އޮކްޓޯބަރ 2025 09:48
0

ލ. މައިބާދޫ، ކ. ގުރައިދޫ އަދި ޅ. ކުރެނދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްގީކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށް އިއްޔެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރުން ހުސެއިން ނިހާދު އަދި އިބްރާހިމް ރަމީޒާއި، ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާރިފު މި އެއްބަސްވުމުގައި ސޮއިކުރެއްވިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގެ ކޮންމެ ރަށެއްގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ ދަށުން މި މަޝްރޫއު ހިންގަމުން އަންނަ ކަމަށާއި، އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒަކަށް ވެފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.