ކަނޑިތީމުގައި ޤާއިމްކުރާ ބީއެމްއެލް އިސްލާމިކް ބްރާންޗުގެ ބިންގާ އަޅައިފި

ކަނޑިތީމުގައި ޤާއިމްކުރާ ބީއެމްއެލް އިސްލާމިކް ބްރާންޗުގެ ބިންގާ އަޅައިފި

Author
ޙަސަން މުޙައްމަދު
13 އޮކްޓޯބަރ 2025 03:19
0

މިލަދުންމަޑުލު އުތުރުބުރި ކަނޑިތީމުގައި ޤާއިމްކުރާ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބްރާންޗުގެ ބިންގާ މިއަދު އަޅައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ރައީސުލްޖުމްހޫރިއްޔާ ށ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ކަނޑިތީމަށް ވަޑައިގެން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ބްރާންޗުގެ ބިންގާ އެޅުއްވީއެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލް އިސްލާމިކް ބްރާންޗުގެ ބިންގާ އަޅުއްވައިދެއްވީ ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު ޢަލީ ޙަބީބު، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް، އަދި އެރަށު ކައުންސިލްގެ ރައީސެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދީފައެވެ. މި ގޮތުން ގިނަ ރަށްރަށުގައި ބްރާންޗްތައް ޤާއިމްކޮށް، އޭޓީއެމް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދެއެވެ.

ކަނޑިތީމުގައި އަލަށް ޤާއިމްކުރާ ބީއެމްއެލް އިސްލާމިކް ބްރާންޗުން އެރަށުގެ ރައްޔިތުންނަށް ޒަމާނީ ބޭންކިންގ ޚިދުމަތްތަކާއި އިސްލާމިކް ބޭންކިންގގެ ޚިދުމަތްތައް ލިބިގެންދާނެއެވެ. މީގެ ސަބަބުން އެރަށުގެ ވިޔަފާރިތަކަށާއި އިޤްތިޞާދަށް ކުރިއެރުން ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.