އައްޑޫގެ ތިން ރަށުގެ ކައުންސިލް ބަދަލުކުރުމުގެ ވޯޓު ލިސްޓް އާންމުކޮށްފި

އައްޑޫގެ ތިން ރަށުގެ ކައުންސިލް ބަދަލުކުރުމުގެ ވޯޓު ލިސްޓް އާންމުކޮށްފި

Author
ހުސައިން
11 އޮކްޓޯބަރ 2025 08:39
0

އައްޑޫ ސިޓީގެ ހުޅުމީދޫ، މީދޫ އަދި ފޭދޫގައި ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭގޮތުން ނަގާ ވޯޓަށް ޝަރުތު ހަމަވާ މީހުންގެ ވޯޓާސް ލިސްޓް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް، ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ވޯޓު ނެގުން ކުރިއަށް ގެންދިއުމަށް އީސީން ނިންމާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. މި ނިންމުމަކީ އައްޑޫ ސިޓީގެ ފޭދޫ، ހުޅުމީދޫ އަދި މީދޫގެ ނަމުގައި ވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް އެ ރަށްތަކުގެ ރައްޔިތުންގެ މެދުގައި ވޯޓެއް ނެގުމަށް ވަޒީރުންގެ މަޖިލީހުން މިމަހުގެ 5 ވަނަ ދުވަހު ނިންމުމަކާ ގުޅިގެން ނިންމި ނިންމުމެކެވެ.

ވޯޓު ލެވޭ ޖުމްލަ 9،577 މީހުންގެ ލިސްޓް ކޮމިޝަނުން އާންމުކޮށްފައިވާއިރު، މީދޫއިން 2،348 މީހުން، ހުޅުމީދޫއިން 2،874 މީހުން އަދި ފޭދޫއިން 4،355 މީހުންނަށް ވޯޓު ލެވޭނެއެވެ. މި ލިސްޓު ގެޒެޓު، އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓް އަދި ރަށު އަވަށު އޮފީސްތަކުގައި އާންމުކޮށް ފެންނަން ހުންނާނެއެވެ.

ލިސްޓަށް ޝަކުވާ ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ މާދަމާގެ މެންދުރުފަހު 03:00 އެވެ. ޝަކުވާ ހުށައެޅޭނީ ކޮމިޝަނުގެ ވެބްސައިޓުން ލިބޭ ޝަކުވާ ފޯމު ފުރިހަމަކޮށް، [email protected] އަށް ފޮނުވައިގެންނެވެ. މި ވޯޓުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ޖުމްލަ 18 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، މި ވޯޓު ފޮށިތަކުގެ ތެރެއިން 7 ވޯޓު ފޮށި މާލޭގައި ބެހެއްޓޭނެކަމަށް ކޮމިޝަނުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.