އެންސްޕާއިން މިދިޔަ މަހު 77 މިލިއަނަށްވުރެ ގިނަ ރުފިޔާ އިޖުތިމާއީ އެހީތެރިކަމަށް ޚަރަދުކޮށްފި

އެންސްޕާއިން މިދިޔަ މަހު 77 މިލިއަނަށްވުރެ ގިނަ ރުފިޔާ އިޖުތިމާއީ އެހީތެރިކަމަށް ޚަރަދުކޮށްފި

Author
ހުސައިން
10 އޮކްޓޯބަރ 2025 07:44
0

ބޭސްފަރުވާއަށާއި އެހެނިހެން އިޖުތިމާއީ އެހީތެރިކަމަށް ނޭޝަނަލް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން މިދިޔަ ސެޕްޓެމްބަރު މަހު ހަތްދިހަ ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފިއެވެ.

އެންސްޕާގެ ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ބޮޑު އަދަދަކަށް ޚަރަދުކޮށްފައިވަނީ ބޭސްފަރުވާއަށް އެހީތެރިވުމަށެވެ. ރާއްޖޭގައި ފަރުވާކުރި ފަރާތްތަކަށް 12.9 މިލިއަން ރުފިޔާއާއި ރާއްޖެއިން ބޭރުގައި ފަރުވާ ހޯދި ފަރާތްތަކަށް 8.9 މިލިއަން ރުފިޔާ ހިމެނޭގޮތުން މުޅި ޖުމްލަ 21.8 މިލިއަން ރުފިޔާ މިކަމަށް ދައްކާފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި އެންސްޕާއިން ވަނީ 52.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. މި އެހީ ލިބުނީ ނުކުޅެދުންތެރިކަމުގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ 14،790 މީހަކަށެވެ. މިދިޔަ މަހު މި ދަފްތަރުގައި 144 މީހަކު އަލަށް ރަޖިސްޓްރީވެފައިވެއެވެ.

ފަޤީރު ހާލުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް ދިނުމަށް 25،640 ރުފިޔާ ޚަރަދުކޮށް، 698 މީހަކަށް މި އެހީ ވަނީ ފޯރުކޮށްދީފައެވެ. އަދި އެސިސްޓިވް ޑިވައިސްތައް ފޯރުކޮށްދިނުމަށް 3.3 މިލިއަން ރުފިޔާ ދައްކާފައިވެއެވެ. މީގެތެރޭގައި ހިއަރިންގް އެއިޑް، ބައިޕެޕް މެޝިން، ވީލްޗެއަރ، އޮކްސިޖަން ކޮންސެންޓްރޭޓަރ އަދި ހޮސްޕިޓަލް ބެޑްފަދަ ކަންކަން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.