ފުވައްމުލަކު އެއާޕޯޓުގެ ފެންސުމަތިން އަރަން އުޅުނު ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ. މި މައްސަލައިގައި ސެކިއުރިޓީ މުވައްޒަފަކަށް ހަމަލާދީ މާރާމާރީވެސް ހިންގާފައިވެ އެވެ.
ފުލުހުން ބުނީ އެއާޕޯޓު ފެންސުމަތިން އަރަން އުޅުނު ބަޔަކު ހުއްޓުވަން އުޅުނު ސެކިއުރިޓީ މުވައްޒަފަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް ސެޕްޓެމްބަރު 28 ވަނަ ދުވަހުގެ ފަތިހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ފުވައްމުލަކަށް ނިސްބަތްވާ ހަސަން ހުމާމް މުހައްމަދު (28އ)، އިބްރާހިމް ސިމަން އަހުމަދު (20އ) އަދި ބައްސާމް ސައީދު (29އ) އެވެ. އެ ތިން މީހުން ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ. ކޯޓުން އެ މީހުންގެ 15 ދުވަހުގެ ބަންދަށް އަމުރުކޮށްފައިވާއިރު، މި މައްސަލަ ފުލުހުން ގެންދަނީ ތަހުޤީޤުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ