ކަނޑުމަތީ ސަލާމަތް ކަށަވަރުކުރަން އެމްއެންޑީއެފްގެ ހާއްސަ އޮޕަރޭޝަނެއް އޮކްޓޯބަރުގައި

ކަނޑުމަތީ ސަލާމަތް ކަށަވަރުކުރަން އެމްއެންޑީއެފްގެ ހާއްސަ އޮޕަރޭޝަނެއް އޮކްޓޯބަރުގައި

Author
އަހުމަދު
30 ސެޕްޓެމްބަރ 2025 08:09
0

ރާއްޖޭގެ ކަނޑުމަތީގައި ހިނގަމުންދާ ނުރައްކާތެރި ހާދިސާތައް މަދުކުރުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާއްސަ އޮޕަރޭޝަނެއް އޮކްޓޯބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށް އިޢުލާންކޮށްފިއެވެ.

އެމްއެންޑީއެފްގެ ބަޔާނުގައި ބުނެފައިވާ ގޮތުން، ފާއިތުވި ދުވަސްތަކުގައި ކަނޑުމަތީގައި ހިނގި އެކްސިޑެންޓްތަކުގެ ސަބަބުން އުޅަނދުފަހަރަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބި، ދަތުރުކުރި ބައެއް ފަރާތްތަކުގެ ފުރާނަ ވެސް ވަނީ ގެއްލިފައެވެ. މީގެ އިތުރުން ބައެއް އުޅަނދުތައް މުޅިން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ވެސް އެ ފޯސްއިން ފާހަގަކުރެއެވެ.

މިފަދަ ހާދިސާތައް އިތުރުވަމުން އަންނަ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ލައިސަންސް ނެތި ކަނޑު އުޅަނދުތައް އޮޕަރޭޓްކުރުމާއި، ކަނޑުމަތީގެ ސަލާމަތީ މިންގަނޑުތައް ފުރިހަމަ ނުކޮށް އުޅަނދުފަހަރު ދުއްވުން ހިމެނޭ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ކުރިއަށް އޮތް މި ހާއްސަ އޮޕަރޭޝަންގެ ތެރެއިން ކަނޑު ދަތުރުފަތުރުގެ ސަލާމަތީ މިންގަނޑުތައް ހަރުދަނާކޮށް، ކަނޑުމަތީގައި ދަތުރުކުރާ އެންމެހައި ފަރާތްތަކުގެ ސަލާމަތް ކަށަވަރުކުރުމަށް މަސައްކަތްކުރެވޭނެ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.