ބާޒާރުމަތީގައި ރޯވި އަލިފާނުގައި ލިލީ ފިހާރައަށް ބޮޑު ގެއްލުމެއް

ބާޒާރުމަތީގައި ރޯވި އަލިފާނުގައި ލިލީ ފިހާރައަށް ބޮޑު ގެއްލުމެއް

Author
އަހުމަދު
28 ސެޕްޓެމްބަރ 2025 10:22
0

މާލޭގެ ބާޒާރުމަތީ މަސްމާރުކޭޓު ކައިރީގައި ހުންނަ ލިލީ އެފްއެންޑްބީ ސަޕްލަޔާޒް ފިހާރައިގައި ރޭ ރޯވި އަލިފާނުގައި އެތަނުގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބި، ފިހާރައިގެ ފުރާޅުގެ ބައެއް ވެއްޓިފައިވާކަން އެމްއެންޑީއެފުން ހާމަ ކޮށްފިއެވެ.

ރޭ 1:00 ގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް މި ހާދިސާގެ މައުލޫމާތު ލިބުމުން، ފަޔާފައިޓަރުން ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވާލުމުގެ މަސައްކަތް ފެށިއެވެ. ފަޔާފައިޓަރުންގެ ބުރަ މަސައްކަތުން 2:39 ގައި އަލިފާން ފުރިހަމައަށް ނިއްވާލެވުނެވެ.

މި ހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ފަޔާފައިޓަރަކު ހާލުދެރަވުމުން، އޭނާ ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލަށް ގެންދެވުނު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވިއެވެ. އެހެންނަމަވެސް އޭނާގެ ހާލަތު ކުއްލި ނޫންކަމަށް ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި، މި ހާދިސާގައި އެހެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ފިހާރައިގައި ހުރި ގިނަ އަދަދެއްގެ މުދަލަށް ގެއްލުންވެފައިވާ އިރު، އަލިފާނުގެ ސަބަބުން ފިހާރައިގެ ފުރާޅުގެ ބައެއް ވެސް ވަނީ ވެއްޓިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކުރިކީލަ
ކޮންމެ ކަމެއްގައިވެސް ސިއްރެއްވާނެކަން ކަށަވަރު، ޢަމަލުތަކާމެދު ޖަވާބުދާރީވާންޖެހޭ ދުވަހު ހަމަގައިމުވެސް ޖަވާބުދާރީވާންޖެހޭނެ، މުދަލަކީ މާތްﷲ ޙަވާލުކުރައްވާ އަމާނާތެއް، އެއަށް ރައްކާތެރި ވެވުނުގޮތުގެ މައްޗަށްވެސް ސުވާލު ވެވޭނެ، ވަﷲ އަޢުލަމް.