ބާޒަރުމަތީގައި ހުންނަ ލިލީ އެފްއެންބީގެ ފިހާރައެއްގައި ރޯވެ ގެއްލުންތަކެއްވެއްޖެ

ބާޒަރުމަތީގައި ހުންނަ ލިލީ އެފްއެންބީގެ ފިހާރައެއްގައި ރޯވެ ގެއްލުންތަކެއްވެއްޖެ

Author
ހުސައިން
28 ސެޕްޓެމްބަރ 2025 08:00
0

މާލޭގެ ބާޒަރުމަތީގައި ހުންނަ ލިލީ އެފްއެންބީގެ ފިހާރައެއްގައި ރޯވެ ގެއްލުންތަކެއްވެއްޖެއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ދަންވަރު 1:00ގައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އަލިފާންގަނޑު ނިއްވާލުމަށް ފަޔާ އެންޑް ރެސްކިއު ސާވިސް އިން މަސައްކަތް ކޮށްފައިވާއިރު އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވޭ ވަރުވީ ގާތްގަނޑަކަށް 3:00 ވަނިކޮށެވެ.

މި ހާދިސާގައި ބާޒާރުމަތީގައި ހުންނަ ޑޯން ކެފޭއާ ޖެހިގެން ހުރި ފިހާރައަކަށް ވެސް ގެއްލުންތަކެއް ލިބުނެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެމްއެންޑީއެފް އިން އަދި ހާމައެއް ނުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.