ވިލިމާލެ ކައިރީގައި ކާގޯ ބޯޓަކުން ކަނޑަށް ވެއްޓުނު އިންޑިއާ މީހާގެ ހަށިގަނޑު ފެނިއްޖެ

ވިލިމާލެ ކައިރީގައި ކާގޯ ބޯޓަކުން ކަނޑަށް ވެއްޓުނު އިންޑިއާ މީހާގެ ހަށިގަނޑު ފެނިއްޖެ

Author
ހުސައިން
25 ސެޕްޓެމްބަރ 2025 09:44
0

އިންޑިއާއަށް ނިސްބަތްވާ މީހަކު ކާގޯ ބޯޓަކުން ކަނޑަށް ވެއްޓިގެން ގެއްލިފައިވާތާ ތިން ދުވަސް ފަހުން، އޭނާގެ ހަށިގަނޑު މިއަދު ފެނިއްޖެއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ 11:35 ގައި ވިލިމާލެއާ ދިމާލުގައި އޮތް "އެމްއެސްވީ ޑައުލާ" ނަމަކަށް ކިޔާ ކާގޯ ބޯޓުން އިންޑިއާ މީހަކު ކަނޑަށް ވެއްޓުނު ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް ރިޕޯޓު ކުރެވުނެވެ. މި ހާދިސާ ހިނގި ހިސާބުން ފެށިގެން އެމްއެންޑީއެފްއިން އެއްގަމާއި ކަނޑުގެ މަގުން އޭނާ ހޯދުމުގެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުން އައެވެ.

އެމްއެންޑީއެފްއިން މިރޭ ހާމަކުރި ގޮތުގައި، މި މީހާގެ ހަށިގަނޑު ފެނުނީ ކ. ފޭދޫފިނޮޅުގެ ދެކުނު ސަރަހައްދުންނެވެ. ހަށިގަނޑު ފެނުމާ ގުޅިގެން އެމްއެންޑީއެފްގެ ކޯސްޓް ގާޑް އުޅަނދަކުން ވަނީ އެ ސަރަހައްދަށް ގޮސް ހަށިގަނޑު އުޅަނދަށް ނަގާފައެވެ.

"ހަށިގަނޑު މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކޮށްފައި،" އެމްއެންޑީއެފްއިން ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.