ރައީސުލްޖުމްހޫރިއްޔާ، ނޭޕާލްގެ އައު ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ، ނޭޕާލްގެ އައު ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

Author
ޙަސަން މުޙައްމަދު
15 ސެޕްޓެމްބަރ 2025 06:12
0

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނޭޕާލްގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ރައިޓް އޮނަރަބްލް ސުޝިލާ ކާރްކީ އައްޔަންކުރެއްވުމާ ގުޅިގެން، އެކަމަނާއަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، އެކަމަނާއަކީ ނޭޕާލްގެ ތާރީޚުގައި، ފުރަތަމަ ފަހަރަށް އައްޔަންކުރެވުނު އަންހެން ބޮޑުވަޒީރުކަން ފާހަގަކުރައްވައި، އެއީ މުހިންމު ކާމިޔާބީއެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި އެކަމަނާގެ ވެރިކަމުގައި ހާސިލުކުރައްވަން ބޭނުންފުޅުވާ ލަނޑުދަނޑިތަކަށް ވާޞިލުވުމުގައި، ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ އައު ބޮޑުވަޒީރަށް ކާމިޔާބީއާއި، ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ނޭޕާލްގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.