ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ މުހައްމަދު އާމިރުގެ ބަދަލުގައި އާއިޝަތު މުޒްނާ އައްޔަންކޮށްފިއެވެ. މި ބަދަލު ގެނެސްދިނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިންނެވެ.
އާއިޝަތު މުޒްނާ އަކީ ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އެހެންނަމަވެސް ޕީސީބީން ވަނީ ބޯޑަށް މި ބަދަލު ގެނައުމުގެ ސަބަބު ހާމަނުކޮށް، ހަމައެކަނި ބަދަލުގެ ވާހަކަ އިއުލާނުކޮށްފައެވެ.
މީގެ އިތުރުން ސްޓެލްކޯގެ މެނޭޖްމަންޓަށް ސަރުކާރުން ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި އިތުރު ބަދަލުތަކެއް ވެސް ގެނެސްފައެވެ. މިގޮތުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުން ހުސައިން ފަހުމީ ވަކިކުރުމަށްފަހު، އެ މަގާމަށް އަހުމަދު ޝަމާހު ރަޝީދު އައްޔަންކޮށްފައިވެއެވެ.
ސްޓެލްކޯގެ ލީޑަރޝިޕަށް ގެނެވުނު މި ބަދަލުތަކާ ގުޅޭގޮތުން ޕީސީބީން އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ. މި ބަދަލުތައް ގެނައުމުގެ ސަބަބާއި، ކުންފުނީގެ ކުރިމަގާ ބެހޭ ގޮތުން އެއްވެސް މަޢުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ