މާލޭގައި ހުންނަ ގެއެއްގެ ބަދިގޭގައި ރޯވި އަލިފާނުން ބޮޑު ގެއްލުން

މާލޭގައި ހުންނަ ގެއެއްގެ ބަދިގޭގައި ރޯވި އަލިފާނުން ބޮޑު ގެއްލުން

Author
ހުސައިން
08 ސެޕްޓެމްބަރ 2025 04:15
0

މާލޭގެ ހ. މެލްބޯންގޭގެ ދެވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ބަދިގޭގައި މިއަދު ހެނދުނު އަލިފާން ރޯވެ، އެ ތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް މި ހާދިސާގެ ރިޕޯޓު ލިބުނީ މިއަދު 11:00 ގައި ކަމަށް އެ ފަރާތުން ހާމަކޮށްފައިވެއެވެ. މައުލޫމާތު ލިބުމާއެކު ފަޔާ ފައިޓަރުންގެ ޓީމެއް ވަގުތުން އެ ސަރަހައްދަށް ފޮނުވާލައި، އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފެށިއެވެ.

އެމްއެންޑީއެފްގެ ފަޔާ ފައިޓަރުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 17 މިނެޓުގެ ތެރޭގައި އަލިފާން ފުރިހަމައަށް ނިއްވާލެވުނު ކަމަށް އެ ފަރާތުން ބުނެފައިވެއެވެ. ނަމަވެސް އަލިފާން ރޯވި ބަދިގެއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމަށް ރިޕޯޓެއް ލިބިފައެއް ނުވެއެވެ. އަލިފާން ރޯވި ސަބަބު ބެލުމަށް ކަމާބެހޭ ފަރާތްތަކުން ތަހުގީގު ކުރަމުން ގެންދާ ކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.