ކުޅުދުށްފުށި އެއާޕޯޓް ޓާމިނަލް އިތުރުކުރާ ބިންގެ އަޅައިފި

ކުޅުދުށްފުށި އެއާޕޯޓް ޓާމިނަލް އިތުރުކުރާ ބިންގެ އަޅައިފި

Author
އަހުމަދު
27 އޮގަސްޓް 2025 09:53
0
ކުޅުދުށްފުށި އެއާޕޯޓް ޓާމިނަލް ބޮޑުކުރައި ބައިގެ ބިންގާ އަޅައިފިއެވެ.

ކުުޅުދުއްފުށި އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް ފުރަތަމަ 100 ދުވަސް (ހަފުތާ 14) ގެ ތެރޭގައި ފެށި ކަމަށް ހިމަނާފައިވާ މަޝްރޫއެކެވެ.

ކުުޅުދުއްފުށި އެއާޕޯޓްގެ ޓާމިނަލްގެ ބިންގާ އިއްޔެ އަޅާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ހދ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެެއާޕޯޓުގެ ޓާމިނަލްގެ ބިންގާ އަޅާދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި، ކުޅުދުއްފުށީ މަޖިލިސް މެމްބަރުންނެވެ.

ކުުޅުދުއްފުށި އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް ކުރިޔަށް ގެންދަނީ އެމްއޭސީއެލުންނެވެ. މި ޓާމިނަލްގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ ކިހާ ދުވަހަކުން ކަމެއް ސަރުކާރަކުން ނުބުނެއެވެ. އަދި މި ކަމަށް ހަރަދުކުރަނީ ކިހާވަރެއްކަމެއް ވެސް ހާމައެއް ނުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.