ހުޅުމާލެ ވޯޓާ ތީމް ޕާކުގެ ސަރަހައްދުން ފެނުނު މީހާގެ ހަށިގަޑި އޮތީ ވަރަށް ބޮޑަށް ހަލާކުވެ ކުނިވެފަ

ހުޅުމާލެ ވޯޓާ ތީމް ޕާކުގެ ސަރަހައްދުން ފެނުނު މީހާގެ ހަށިގަޑި އޮތީ ވަރަށް ބޮޑަށް ހަލާކުވެ ކުނިވެފަ

Author
ހުސައިން
25 އޮގަސްޓް 2025 07:31
0

ހުޅުމާލެ ވޯޓާ ތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދުން މިއަދު މަރުވެފައި އޮތް މީހެއްގެ ހަށިގަނޑެއް ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދުގެ ބޮޑު ބައެއް ބަންދުކޮށް، ތަޙުޤީޤު ހަރަކާތްތައް ފަށާފައެވެ.

ލިބިފައިވާ މަޢުލޫމާތުތަކުން އެނގޭ ގޮތުގައި، ފެނުނު ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ހަލާކުވެ ކުނިވެފައެވެ. މިކަމުގެ ސަބަބުން އެ ހަށިގަނޑަކީ ކާކުގެ ހަށިގަނޑެއްކަން ދެނެގަތުމަށް ފުލުހުން ދަނީ ޚާއްޞަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް ފުލުހުން އަދި މި މައްސަލައިގެ އިތުރު ތަފުސީލުތައް ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާ ރިޕޯޓުވި ވަގުތުން ފެށިގެން ފުލުހުންގެ ތަޙުޤީޤު ޓީމްތައް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާއިރު، އާންމުން އެ ސަރަހައްދަށް ވަނުން މަނާކޮށްފައިވެއެވެ.

މީހެއްގެ ހަށިގަޑު ކުނިވެފައި ވަނިކޮށް ފެނިފައިވާއިރު، ވޭތުވެދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ގ. ގާރނެޓްގެ ޙަސަން ޔާމީން (30 އަހަރު) ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އެ ދުވަހުގެ ފަތިހު 3:24 ގައި ޔާމީން ސިނަމާލެ ބްރިޖުން މޫދަށް ފުންމާލާ މަންޒަރު ސީސީޓީވީ ފޫޓޭޖުން ފެނިފައިވެއެވެ.

ޔާމީން ހޯދުމަށް ފުލުހުން ކުރިއަށް ގެންދިޔަ ތަޙުޤީޤުގައި ގިނަ އަދަދެއްގެ ސީސީޓީވީ ފޫޓޭޖުތައް ދިރާސާކޮށްފައިވީ ނަމަވެސް، އޭގެ ފަހުން އޭނާގެ އިތުރު މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.

ހުޅުމާލޭގައި ފެނުނު ހަށިގަނޑާއި ޔާމީންގެ ގެއްލުމާ ގުޅުމެއް އޮތްތޯ ބެލުމަށް ފުލުހުން ދަނީ ތަޙުޤީޤު ކުރަމުން ކަމަށް ޤަބޫލުކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.