ޕީއެޗްޑީ ޕްރޮގްރާމްތަކަށް ހޮވޭ އިމާމުން، އިސްލާމިކް މިނިސްޓްރީން ސްޕޮންސަރ ކުރަނީ

ޕީއެޗްޑީ ޕްރޮގްރާމްތަކަށް ހޮވޭ އިމާމުން، އިސްލާމިކް މިނިސްޓްރީން ސްޕޮންސަރ ކުރަނީ

Author
ހުސައިން
19 އޮގަސްޓް 2025 04:42
0
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިސްލާމިކް ސްޓަޑީޒް އަދި އިސްލާމިކް ޝަރީޢާ ގެ ދާއިރާއިން އިޢުލާންކޮށްފައިވާ ޕީއެޗްޑީ ޕްރޮގްރާމްތަކަށް ހޮވޭ އިމާމުން، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ސްޕޮންސަރ ކުރައްވާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓްރީން މި ފުރުސަތު ތަނަވަސްކޮށްދެއްވާއިރު، ކިޔެވުމުގެ ޚަރަދުގެ އިތުރުން ޕޮކެޓްމަނީވެސް ދެއްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވީހާވެސް ގިނަ އިމާމުން މި ފުރުސަތަށް ކުރިމަތިލެއްވުމަށް މިނިސްޓަރު ހިތްވަރު ދެއްވާފައިވެއެވެ.
އިމާމުންނަށް ޕީއެޗްޑީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެއްކަން ފާހަގަކޮށް، މި ފުރުސަތު ތަނަވަސްވެގެން ދިއުމާ ގުޅިގެން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.

މިއީ ދީނީ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރުމަށް ލިބިގެންދާ ވަރަށް މުހިންމު ފުރުސަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.