މާލޭގެ ޓްރެފިކް ކުޑަކުރަން މެދު ޒިޔާރަތް މަގު ހުޅުވާލަން މޭޔަރު ހުށަހަޅައިފި

މާލޭގެ ޓްރެފިކް ކުޑަކުރަން މެދު ޒިޔާރަތް މަގު ހުޅުވާލަން މޭޔަރު ހުށަހަޅައިފި

Author
ހުސައިން
13 އޮގަސްޓް 2025 09:42
0

މާލޭގެ ސުކޫލުތަކާއި ސަލްޓަންޕާކް ހިމެނޭ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން މެދު ޒިޔާރަތް މަގު ވެހިކަލްތަކަށް ހުޅުވާލުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ކައުންސިލަށް ހުށަހަޅުއްވައިފިއެވެ.

މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 207 ވަނަ ޖަލްސާގައި މިއަދު މި ހުށަހެޅުން ކައުންސިލަށް ހުށަހެޅުއްވަމުން މޭޔަރު އާޒިމް ވިދާޅުވެފައިވަނީ، މާލޭގެ ޓްރެފިކް އެންމެ ބޮޑު ސަރަހައްދުތަކުގެ ތެރެއިން އިސްލާމީ މަރުކަޒާއި ސަލްޓަންޕާކާ ދެމެދުގައިވާ މަގު ދުއްވާ އެއްޗެހިތަކަށް ހުޅުވާލުމުން ޗާންދަނީ މަގަށާއި ލިލީ މަގަށް އަދި އަމީރު އަހުމަދު މަގަށްވެސް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މާލޭގެ އެންމެ ކާރުބާރު ބޮޑު ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ މި ސަރަހައްދުގެ މަގު ހުޅުވާލުމުން ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އާންމުން ގަބޫލުކުރާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

އިސްލާމީ މަރުކަޒު ކުރިމަތީގައި ހުންނަ މެދުޒިޔާރަތް މަގުގެ ބައެއް ދުއްވާ އެއްޗެހިތަކަށް ބަންދުކޮށް ޓައިލްސް ޖަހައިފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. އެހިސާބުގައި މިހާރު ހުންނަނީ ފައިހިނގާ މީހުންނަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޝ ޝަރފު
ވިލިމާލެ ބުރިޖު ހުޅުވުމުން ތިޔަ މައްސަލަ ހައްލުވާނެ.