ކަނޑުމަތީގައި އުޅަނދެއް ބަންޑުން ޖެހި ހާދިސާގައި 66 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެ

ކަނޑުމަތީގައި އުޅަނދެއް ބަންޑުން ޖެހި ހާދިސާގައި 66 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެ

Author
ހުސައިން
07 އޮގަސްޓް 2025 12:10
0

ހދ. ކުމުންދޫ ސަރަހައްދުގައި ރޭ ހިނގި ކަނޑުމަތީ ހާދިސާއެއްގައި 66 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ކުޅުދުއްފުށިން ށ. ފުނަދޫއަށް ޖަމްބޯ ބޭގްތަކެއް އުފުލައިގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުމަތީގައި ބަންޑުން ޖަހާލައިގެންނެވެ.

ފުލުހުންގެ މައުލޫމާތުގައިވާ ގޮތުން މި ހާދިސާގައި ޖުމްލަ ހަތަރު މީހަކު ޒަޚަމްވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ދެ ބިދޭސީންނެވެ. ޒަޚަމްވި ހުރިހާ މީހުން ވަނީ އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުޅުދުއްފުށްޓަށް ގެންގޮސްފައެވެ.

ނަމަވެސް އެންމެ ބޮޑަށް ޒަޚަމްވި 66 އަހަރުގެ ދިވެހި ފިރިހެނާގެ ހާލު ވަރަށް ބޮޑަށް ދެރަވެފައިވާތީ، އޭނާއަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި އިންޓެންސިވް ފަރުވާ ދެމުން ގެންދިޔައެވެ. އެހެންނަމަވެސް ހޮސްޕިޓަލުން ދިން މައުލޫމާތުގެ ދަށުން، މިއަދު ހެނދުނު 10:30 ގައި އެ މީހާ ވަނީ ނިޔާވެފައެވެ.

މި ހާދިސާ ހިނގި ގޮތާއި ސަބަބު ބެލުމަށް ފުލުހުން ވަނީ ތަހުގީގެއް ފަށާފައެވެ. ކަނޑުމަތީގައި އުޅަނދުފަހަރު ބަންޑުން ޖެހުމުގެ ހާދިސާތައް އިތުރުވަމުންދާތީ، ދަތުރުފަތުރުގައި ސަލާމަތީ ފިޔަވަޅުތައް އަޅަމުން ގެންދިއުމުގެ މުހިންމުކަން ކަމާބެހޭ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.