މޫސުން ގޯސްވާނެ: ދެކުނުގައި ގުގުރުމާއެކު ވިއްސާރަ، ކަނޑުތައް ގަދަވާނެ

މޫސުން ގޯސްވާނެ: ދެކުނުގައި ގުގުރުމާއެކު ވިއްސާރަ، ކަނޑުތައް ގަދަވާނެ

Author
ހުސައިން
01 އޮގަސްޓް 2025 10:21
0

ގައުމީ މޫސުމާ ބެހޭ އިދާރާގެ ފަރާތުން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ، ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް މިއަދު ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. މިއަދުގެ ހަވީރު 6:00 ގަޑިއާ ހަމައަށް ދޫކޮށްފައިވާ މޫސުމުގެ ލަފާގައި، ދެކުނުގެ އެކި ހިސާބުތަކުގައި މޫސުން ގޯސްވާނެ ކަމަށް އިންޒާރު ދީފައިވެއެވެ.

މީގެ އިތުރުން މެދުރާއްޖެތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ވެސް ކެރީގެ އަސަރު ފޯރާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ. ވައިގެ ބާރުމިނަށް ބަލާއިރު، ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލުން 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް އަންދާޒާ ކުރެވެއެވެ. ވިލާގަނޑުތަކުގައި ވައިގަދަވެ، ގަޑިއަކު 45 މޭލުގެ ބާރުމިނުގައި ވައި ޖެހުން އެކަށީގެންވާ ކަމަށް ވެސް މެޓުން ފާހަގަކޮށްފައިވެއެވެ.

ކަނޑުގެ ހާލަތަށް ބަލާއިރު، މިއަދު ކަނޑުތައް ގަދަވުމާއެކު ރާޅުގެ އުސްމިން 4 ފޫޓުން 7 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ. މިހާލަތުގައި ކަނޑު ދަތުރުތައް ކުރާ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.