ޙަސަން ޞާބިރަކީ ހެޔޮލަފާ ދެއްވި ޤައުމީ ޚިދުމަތްތެރިއެއް: ރައީސް ނަޝީދު

ޙަސަން ޞާބިރަކީ ހެޔޮލަފާ ދެއްވި ޤައުމީ ޚިދުމަތްތެރިއެއް: ރައީސް ނަޝީދު

Author
ހުސައިން
28 ޖުލައި 2025 06:00
0

ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ އަލްމަރުޙޫމް ޙަސަން ޞާބިރު މިއަދު ހެނދުނު އަވަހާރަވުމާ ގުޅިގެން ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވަނީ ތައުޒިޔާ ދަންނަވައިފިއެވެ. ޞާބިރަކީ އަބަދުވެސް ހެޔޮ އިރުޝާދާއި ހެޔޮލަފާ ދެއްވި، ޤާބިލު ކުޅަދާނަ ޤައުމީ ޚިދުމަތްތެރިއެއް ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

މީސް މީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ބޮޑުވަމުން އައި ދުވަސްވަރު ޞާބިރަކީ ހެޔޮ އިރުޝާދާއި ލަފާދެއްވި ބޭފުޅެއް ކަމަށެވެ. ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވުމުގެ އަގުވަޒަންކޮށް، ދައުލަތުން ދޭ އެންމެ މަތީ ޝަރަފު، ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު ޞާބިރަށް ލިބިވަޑައިގަތީ މިއަހަރުގެ މިނިވަން ދުވަހުއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް، މިއަދު ހެނދުނުގެ ވަގުތެއްގައި ޞާބިރު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހުއެވެ. އެމަނިކުފާނުގެ ޖަނާޒާ މިހާރު ދެއްކެވުން ކުރިއަށްދަނީ އިސްލާމީ މަރުކަޒުގައެވެ. ރަސްމީ ޢިއްޒަތުގައި ކަށުނަމާދު އޮންނާނީ މިއަދުގެ އަޞްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.

ޞާބިރުގެ އަވަހާރަވުން ދިވެހި ޤައުމަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ބުނެ، ކުރީގެ ރައީސުންގެ އިތުރުން ގިނަ ސިޔާސީ އިސްވެރިން ވަނީ މީސް މީޑިއާ މެދުވެރިކޮށް އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ދެންނަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.