މޫސުން ގޯސްވާނެތީ ކޮންމެހެން ބޭނުން ނޫން ހާލަތްތަކުގައި ކަނޑު ދަތުރު ނުކުރުމަށް އިލްތިމާސް ކޮށްފި

މޫސުން ގޯސްވާނެތީ ކޮންމެހެން ބޭނުން ނޫން ހާލަތްތަކުގައި ކަނޑު ދަތުރު ނުކުރުމަށް އިލްތިމާސް ކޮށްފި

Author
ޙަސަން މުޙައްމަދު
19 ޖުލައި 2025 09:16
0

ރާއްޖޭގެ ސަރަހައްދަށް ކުރިއަށް އޮތް ދުވަސްތަކުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުމަގުން ކުރާ ދަތުރުތަކުގައި ސަމާލުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ދީފައިވާ ލަފާގައި ބުނެފައިވަނީ މުޅި ރާއްޖެއަށް ވިއްސާރަވެ، ވިލާގަނޑުގައި އިތުރަށް ވައި ބާރުވެ ކަނޑުތައް ގަދަވާނެ ކަމަށެވެ. މިފަދަ ހާލަތެއްގައި ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެ ކަމަށް ސިފައިން ފާހަގަކުރެއެވެ.

އެމްއެންޑީއެފް އިން އެދިފައިވަނީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެނިހެން ދަތުރުތައް މިދުވަސްވަރު ނުކުރުމަށެވެ. ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުންވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސިފައިން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ރޭގަނޑު ކަނޑު ދަތުރުތައް ނުކުރުމަށާއި، މޫސުން ތަން ނުދޭނަމަ މޫސުން ރަނގަޅުވަންދެން ދަތުރު ފަސްކޮށްލުމަށްވެސް ސިފައިން ވަނީ ލަފާދީފައެވެ. ހާއްސަކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވާ ވަގުތުތަކުގައި ކަނޑު ދަތުރު ނުކުރުމަށް ސިފައިން ވަނީ ވަރަށް ބޮޑަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.