ޝަރުޢީ ނައްޞުތަކުން ސާފުވާ ގޮތުގައި މުސްލިމަކާއި ދިމާލަށް ބަދުބަސް ބުނުމާއި ޤަޒުފް ކުރުމަކީ ޙަރާމްކަމެއް ކަމުގައި ވީއުރު، ހީއެއް ނުވަތަ އަމިއްލަ ވިސްނުމުގެ މައްޗަށް ބިނާކޮށް، މުސްލިމަކު ކާފިރުކުރުން ހުއްދަ ނުވާނެކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"މުސްލިމަކު ކާފިރުކުރުމުގެ ނުބައިކަން" މި މައުޟޫއަށް ޚާއްސަ ކުރެވުނު މިއަދުގެ ޚުޠުބާގައި ވިދާޅުވީ މުސްލިމުން ކާފިރު ކުރުމަކީ، ޖާހިލުކަމާއި، ޝަރުޢީ ހުކުމްތައް ދޭހަ ނުވުމާއި، ޝުބުހުތަކަށް ހެއްލުމުގެ ނަތީޖާއެއް ކަމުގައެވެ.
ޚަވާރިޖުން، ޞިއްފީނު ހަނގުރާމާގައި އަސްޙާބު ބޭކަމުން ކާފިރުކޮށް، ޝަރީޢަތުގެ މަގުސަދުތައް އޮޅުވާލާ ޝުބުހުތަކަށް ހެއްލުނެވެ.
މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.
ޚުޠުބާގައި އިތުރަށް ވިދާޅުވީ މިކަމުގެ ހައްލަކީ ސުންނަތް ޖަމާޢަތުގެ މަންހަގަށް އެނބުރި ރުޖޫޢަވުން ކަމުގައެވެ. އިންޓަނެޓުން ދަސްވެނިވުމުގެ ބަދަލުގައި، ބޮޑެތި ޢަލިމުންގެ އަރިހުން ދަރިވަރުވުން ކަމުގައެވެ. އޭގެ ސަބަބަކީ ދީނުގެ ކަންކަން ރަގަޅަށް ނޭގޭ މީހުން ގާތުން ޢިލްމު ހޯދާން ފެށުމަކީ ޤިޔާމަތުގެ ޢަލާމާތެއްކަމުގައި މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވުން ކަމުގައިވެސް މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.
މުސްލިމް އަޚުންނޭވެ! މުސްލިމަކާ ދިމާއަށް ކާފިރެކޭ ބުނުމަކީ ނުރައްކާތެރި ކަމެކެވެ.
މިއަދު ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ