ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގާނޫނާ ހިލާފަށް މަސްވެރިކަން ކުރި ބޭރުގެ އުޅަނދެއް އަތުލައިގެންފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގާނޫނާ ހިލާފަށް މަސްވެރިކަން ކުރި ބޭރުގެ އުޅަނދެއް އަތުލައިގެންފި

Author
ޙަސަން މުޙައްމަދު
10 ޖުލައި 2025 04:34
0

ދިވެހިރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް މަސްވެރިކަމް ކުރަމުންދިޔަ ބޭރު ގައުމެއްގެ އުޅަނދެއް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑުން އަތުލައިގަނެ، ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އެމްއެންޑީއެފުން ހާމަކުރެއްވިއެވެ.

މި އުޅަނދުގައި ފަސް މީހުން ތިބިކަމަށާއި، އުޅަނދާއެކު އެ ފަރާތްތައް މާލެ ބަނދަރަށް ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ. މި މައްސަލައާ ގުޅިގެން އިތުރު ތަޙުގީގުތައް ކުރިއަށްގެންދާނެކަމަށް ސިފައިންގެ ފަރާތުން ބުނެފައިވެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގާނޫނާ ހިލާފަށް މަސްވެރިކަން ކުރާ ބޭރުގެ އުޅަނދުފަހަރު އަތުލައިގަތުމަކީ އެމްއެންޑީއެފުގެ ކޯސްޓްގާޑުން ކުރަމުން އަންނަ މުހިންމު މަސައްކަތެކެވެ. ދިވެހިރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ރައްކާތެރިކޮށް، ގާނޫނާ ހިލާފަށް މަސްވެރިކަމް ކުރުން ހުއްޓުވުމަށް ކޯސްޓްގާޑުން ކަނޑުގެ ސަރަހައްދުތައް ދުވާލާއި ރޭގަޑު ބަލަހައްޓަމުން ގެންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.