އޮޅުވެލި ރިސޯޓުގެ އަލިފާނުގެ ހާދިސާ: 2 ރޫމް ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

އޮޅުވެލި ރިސޯޓުގެ އަލިފާނުގެ ހާދިސާ: 2 ރޫމް ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

Author
މުޙައްމަދު ޝަޒައިމް
05 ޖެނުއަރީ 2021 08:34
0

އޮޅުވެލި ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައި، 2 ރޫމް ބޭނުން ނުކުރެވޭ ވަރަށް އަދައި ހުލިވެއްޖެއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ އޮޅުވެލި ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެރިސޯޓުގެ 4 ރޫމުގެ ބްލޮކެއްގެ ތެރެއިން 2 ރޫމް ވަނީ ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ވެފައިކަމަށެވެ. އެމްއެންޑީއެފް ފަޔާ ޓީމު ރިސޯޓަށް ދިޔައިރު، ރިސޯޓުގެ މުވައްޒިފުން ވަނީ އަލިފާން ނިއްވާލާފައިކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައިނުވެއެވެ.

މިއީ ފާއިތުވި މަހެއްހާ ދުވަސް ތެރޭގައި ރިސޯޓްތަކުގައި ހިނގި އަލިފާނުގެ ތިން ވަނަ ހާދިސާއެވެ. ޑިސެމްބަރ 29 ވަނަ ދުވަހު ތާޖް އެގްޒޯޓިކާ ރިސޯޓްގެ އިންޖީން ގޭގައި އަލިފާން ރޯވެ ވަނީ ގެއްލުންތަކެއް ވެފައެވެ. އޭގެ ކުރިން ޑިސެމްބަރ 13 ވަނަ ދުވަހު މަނަފަރު ރިސޯޓްގެ އިންޖީނުގޭގައި އަލިފާން ރޯވެ އެތަނަށް ވެސް ގެއްލުންތަކެއް ލިބިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.