އެމްޑީޕީއާއި އަލުން ގުޅިވަޑައިގެންނެވި ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުންނަށް ޝާހިދު: ވެލްކަމް ބެކް ހޯމް

އެމްޑީޕީއާއި އަލުން ގުޅިވަޑައިގެންނެވި ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުންނަށް ޝާހިދު: ވެލްކަމް ބެކް ހޯމް

Author
ހުސައިން
24 ޖޫން 2025 12:32
0

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއަށް ގުޅިވަޑައިގަތުމުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެއްޖެ އެވެ.

ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތުމަށްފަހު އަލުން އެމްޑީޕީއަށް ގުޅިވަޑައިގަތުމުން އެކަމުގެ އުފަލުގައި މިރޭ ވަނީ ސަލްޓަން ޕާކުގައި ކުރިއަށްދާ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އެމްޑީޕީ ދޫކޮށް ދިޔަ ހުރިހާ މެންބަރުން އަލުން އެނބުރި އެމްޑީޕީއަށް ގުޅިވަޑައިގަތުމުން ހިފެހެއްޓުމެއް ނެތް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށެވެ.

"ވެލްކަމް ބެކް ހޯމް" ނަޝީދު އާއި ކުރީގެ އެމްޑީޕީ އިސް ބޭފުޅުން އަލުން އެމްޑީޕީއަށް ގުޅިވަޑައިގަތުމުން އެކަމުގެ އުފަލުގައި މަރުހަބާ ދަންނަވަމުން ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އެމްޑީޕީއަށް ކުރިއެރުން ލިބެންއޮތީ މުސްތަގުބަލަށް ބަލައިގެން ކަމަށާއި މާޒީއަށް ބަލާނަމަ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނުވާނެ ކަމަށެވެ.

ނަޝީދުއާއި އެހެން ބޭފުޅުން އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމުން މިހާރު އެމްޑީޕީގެ ސަފުތައް ވަނީ ފުރިހަމައަށް ރުކުރަވާލެވިފައިވާ ކަމަށާއި ދެން އޮންނާނީ މި "ސްކޭމް ސަރުކާރު" ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކަމަށް ޝާހިދު ވިދާޅުވި އެވެ. މި ސަރުކާރުގެ ގޯސްތައް ނުފެންނަ ކަމަށް ހަދައި، އަޑު ނުއިވޭ ކަމަށް ހެދިގެން ތިބެވެން ނެތް ކަމަށް ޝާހިދު ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.