އިރާނުން ރާއްޖެއަށް ކަނޑައެޅި އައު ސަފީރާއެކު 12 ގައުމެއްގެ ނޮން-ރެޒިޑެންޓް ސަފީރުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް މިއަދު ފަތްކޮޅު އަރުއްވައިފިއެވެ.
ފަތްކޮޅު އެރުއްވުމުގެ ރަސްމީޔާތުތައް އޮތީ ކޮންމެ ގައުމެއް ވަކިންނެވެ. މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތަށް، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރުން ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.
ފަތްކޮޅު އެރުއްވި އައު ސަފީރުން
- އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ނޮން-ރެޒިޑެންޓް ސަފީރު ޑޮކްޓަރ އަލީރިޒާ ދެލްކޯޝް
- ޕެރަގުއޭގެ ނޮން-ރެޒިޑެންޓް ސަފީރު ފްލެމީ ރައުލް ދުއަރްތޭ ރަމޯސް
- މިޞްރުގެ ނޮން-ރެޒިޑެންޓް ސަފީރު އާދިލް އިބްރާހީމް
- ރިޕަބްލިކް އޮފް ކެންޔާގެ ނޮން-ރެޒިޑެންޓް ސަފީރު ޕީޓާ މުންޔެރީ މައިނާ
- ކެމްބޯޑިއާގެ ނޮން-ރެޒިޑެންޓް ސަފީރު ރޮތެ މާނީ
- ތަޖަކިސްތާންގެ ނޮން-ރެޒިޑެންޓް ސަފީރު ބޮބޮކަލޮންޒޮދާ ލުކްމޮން
- ނޭޕާލްގެ ނޮން-ރެޒިޑެންޓް ސަފީރު ޑޮކްޓަރ ޕޫރްނާ ބަހާދޫރު ނޭޕާލީ
- ސައިޕްރަސްގެ ނޮން-ރެޒިޑެންޓް ހައި ކޮމިޝަނަރ އެވަގޮރަސް ވިރްޔޮނިޑެސް
- ކިންގްޑަމް އޮފް ސްޕެއިންގެ ނޮން-ރެޒިޑެންޓް ސަފީރު ޚުއާން އެންޓޯނިއޯ މާޗް ޕުޔޮލް
- ކިންގްޑަމް އޮފް ނޯވޭގެ ސަފީރު މައި-އެލިން ސްޓެނަރ
- ރިޕަބްލިކް އޮފް ގިނީގެ ނޮން-ރެޒިޑެންޓް ސަފީރު ކޮންޓް އަލައްސާން
- ޕީޕަލްސް ޑިމޮކްރަޓިކް ރިޕަބްލިކް އޮފް އަލްޖީރިއާގެ ނޮން-ރެޒިޑެންޓް ސަފީރު އަބްޑެނަރ ޚެލެފީ
އީރާނުގެ ނޮން-ރެޒިޑެންޓް ސަފީރު ޑޮކްޓަރ އަލީރިޒާ ދެލްކޯޝް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވުމުން، އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަރްޙަބާ ވިދާޅުވިއެވެ.
އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެޤައުމުގެ ދެމެދުގައި އޮންނަ އެއްބަނޑު އެއްބަފާ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރުމާއި، އިގުތިސާދީ ގޮތުން އެއްބާރުލުން އިތުރުކުރުމާއި، ފަންނީ ތަޖުރިބާ ޙިއްޞާކުރުމާއި ކުރިއަށް އޮތް ތަނުގައި ދޭދޭ ރައްޔިތުންގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.
މެދުއިރުމަތީގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، އެ ސަރަހައްދުގެ ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން އޮތީ ތައްޔާރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު މިފަދަ ކަންކަމުގައި ގެންގުޅުއްވާ ސިޔާސަތަށް ތަޢުރީފުކުރައްވައި، އީރާނުގެ ލީޑަޝިޕްގެ ނަމުގައި ޝުކުރު އަދާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ، އިޒްރޭލުން އީރާނަށް ދެމުން ގެންދާ ހަމަލާތައް ކުއްވެރިކުރައްވައި، އެ ހަމަލާތަކަކީ ބައިނަލްއަގުވާމީ ޤާނޫނުތަކާ ވަރަށް ބޮޑަށް ޚިލާފު ހަމަލާތަކެއް ކަމުގައި ވިދާޅުވެ، އެމަނިކުފާނުގެ އެކްސް އެކައުންޓުން ޕޯސްޓެއް ހިއްސާކުރައްވައިފައެވެ.

ޕެރަގުއޭގެ ސަފީރު، ފްލެމީ ރައުލް ދުއަރްތޭ ރަމޯސް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވުމުން، އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަރްޙަބާ ވިދާޅުވިއެވެ. އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން، ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި، އިޤްތިޞާދީ ގޮތުން އެއްބާރުލުން ދިނުމާއި، ތަޢުލީމީ ދާއިރާއިން އެއްބާރުލުން ދިނުމާއި، ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެކުގައި މަސައްކަތްކުރުން ހިމެނެއެވެ. މީގެ އިތުރުން ކުޅިވަރާއި، މުނިފޫހިފިލުވުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި، ދެ ޤައުމުގެ މެދުގައި ސަޤާފީ ގުޅުން ބަދަހިކޮށް، އެއްބައިވަންތަކަން އިތުރުކުރުމަށްވެސް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ދެ ޤައުމަށް ފައިދާކުރަނިވި ކަންކަމުގައި އެކުގައި މަސައްކަތްކުރުމަށް ހުރި އިތުރު ފުރުޞަތުތައް ހޯދުމަށް، ގުޅިގެން މަސައްކަތްކުރެއްވުމަށް ބޭނުންފުޅުވާކަން ދެ ބޭފުޅުންވެސް ފާހަގަކުރެއްއެވެ.
ދިވެހިރާއްޖެއާއި ޕެރަގުއޭއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 2010 ވަނަ އަހަރުގެ ސެޕްޓެންބަރު 28 ގައެވެ.

މިޞްރުގެ އައު ސަފީރު، އާދިލް އިބްރާހީމް، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވުމުން، އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަރްޙަބާ ވިދާޅުވިއެވެ. އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި މަތީ ތަޢުލީމާއި އިޤުތިޞާދީ ގޮތުންނާއި، ސިއްޙީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުން ހިމެނެއެވެ.
ދިވެހިރާއްޖެއާއި މިޞްރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1969 ވަނަ އަހަރުގެ ފެބުރުވަރީ 12 ގައެވެ.

ކެންޔާގެ ނޮން-ރެޒިޑެންޓް ސަފީރު ޕީޓާ މުންޔެރީ މައިނާ އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވުމުން، އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަރްޙަބާ ވިދާޅުވިއެވެ. އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ވިޔަފާރި އާއި ފަތުރުވެރިކަމުގެ ދާއިރާ ހިމެނެއެވެ. ސަފީރު ވަނީ ކެންޔާގެ ރައީސް ވިލިއަމް ރޫޓޯގެ ނަންފުޅުގައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވައި، އެމަނިކުފާނަށް ރާއްޖެއިން އެރުވި މަރުހަބާއަށް ޝުކުރު އަދާކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ކެންޔާ އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1995 ވަނަ އަހަރުގެ އޮކްޓޯބަރު 23 ގައެވެ.

ކެމްބޯޑިއާގެ ނޮން-ރެޒިޑެންޓް ސަފީރު ރޮތެ މާނީ އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވުމުން، އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަރްޙަބާ ވިދާޅުވިއެވެ.
ކެމްބޯޑިއާގެ ނޮން-ރެޒިޑެންޓް ސަފީރު ރޮތެ މާނީ އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވުމުން، އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަރްޙަބާ ވިދާޅުވިއެވެ. އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ފަތުރުވެރިކަމާއި، ވިޔަފާރީއާއި އިންވެސްޓްމަންޓް ފުޅާކުރުން ހިމެނެއެވެ.
ދިވެހިރާއްޖެއާއި ކެމްބޯޑިއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1995 ވަނަ އަހަރުގެ ސެޕްޓެންބަރު 21 ގައެވެ.

ތަޖަކިސްތާންގެ ނޮން-ރެޒިޑެންޓް ސަފީރު ބޮބޮކަލޮންޒޮދާ ލުކްމޮން، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވުމުން، އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަރްޙަބާ ވިދާޅުވިއެވެ. އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ތަޢުލީމާއި ޞިއްޙީ ދާއިރާގެ އިތުރުން ފަތުރުވެރިކަން ކުރިއެރުވުމާއި ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާ ހިމެނެއެވެ.
ދިވެހިރާއްޖެއާއި ތަޖަކިސްތާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1993 ވަނަ އަހަރުގެ އޮކްޓޯބަރުު 6 ގައެވެ.

ނޭޕާލްގެ ނޮން-ރެޒިޑެންޓް ސަފީރު ޑޮކްޓަރ ޕޫރްނާ ބަހާދޫރު ނޭޕާލީ، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އަށް އެރުއްވުމުން، އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަރްޙަބާ ވިދާޅުވިއެވެ.
އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ތަޢުލީމާއި ދަނޑުވެރިކަމާއި ޞިއްޙީ ދާއިރާ ހިމެނެއެވެ.
ދިވެހިރާއްޖެއާއި ނޭޕާލާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1980 ވަނަ އަހަރުގެ އޮގަސްޓް 1 ގައެވެ.

ސައިޕްރަސްގެ ނޮން-ރެޒިޑެންޓް ހައި ކޮމިޝަނަރ އެވަގޮރަސް ވިރްޔޮނިޑެސް، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އަށް އެރުއްވުމުން، އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަރްޙަބާ ވިދާޅުވިއެވެ.
އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، ވިޔަފާރިއާއި ފަތުރުވެރިކަމާއި ތައުލީމީ ދާއިރާއިން އެއްބާރުލުން ދިނުން އިތުރުކޮށް، ދެފަރާތުގެ މަސްލަހަތު ހިމެނޭ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ޞިއްޙީ ދާއިރާއިން އެއްބާރުލުން އިތުރަށް ހަރުދަނާ ކުރުމަށް އުއްމީދު ކުރައްވާކަންވެސް ދެބޭފުޅުން ހާމަކުރެއްވިއެވެ.
ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަކީ ކިހާ މުހިންމު ކަމެއްކަން ފާހަގަކުރައްވައި، ސައިޕްރަސްއަކީ ތަޖުރިބާތަކާއި ފުރުޞަތުތައް ފަހި، ޖަޒީރާ ޤައުމަކަށްވާތީ، ދަރިވަރުންނާއި ޕްރޮފެޝަނަލުން، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންނަށް ތަޖުރިބާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ފައިދާ، މި ބައްދަލުކުރެއްވުމުގައި، ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެއާއި ސައިޕްރަސްއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1987 ވަނަ އަހަރުގެ ނޮވެމްބަރު 1 ގައެވެ.

ކިންގްޑަމް އޮފް ސްޕެއިންގެ ނޮން-ރެޒިޑެންޓް ސަފީރު ޚުއާން އެންޓޯނިއޯ މާޗް ޕުޔޮލް، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އަށް އެރުއްވުމުން، އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަރްޙަބާ ވިދާޅުވިއެވެ.
އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި، ވިޔަފާރީގެ ދާއިރާއާއި، ޓެކްނޮލޮޖީއާއި، އިޤްތިޞާދީ ކުރިއެރުންފަދަ ދެޤައުމުގެ މަސްލަހަތާ ގުޅުންހުރި ކަންކަން ހިމެނެއެވެ. އަދި ސްޕެއިނުން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނަކަން ފާހަގަކުރައްވައި، ޚާއްސަކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމާއެކު، މިކަމަށް އިތުރު ހެޔޮ ބަދަލެއް އަންނާނެ ކަމަށް ލަފާކުރެއްވޭ ކަމަށާއި، އަދި މި ކުރިއެރުން ދެމިއޮތުމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ދޭދޭ ގުޅުން ބަދަހިކުރެވެނޭ އިތުރު ދާއިރާތައް ދެނެގަނެ، އެއް ބަޔަކު އަނެއް ބަޔަކާ ގުޅިގެން އެކުގައި މަސައްކަތްކުރަމުން ދާނެކަމުގެ ޔަޤީންކަންވެސް ދެބޭފުޅުން ވަނީ ދެއްވާފައެވެ.
ދިވެހިރާއްޖެއާއި ސްޕެއިނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1979 ވަނަ އަހަރުގެ އޯގަސްޓު 25 ގައެވެ.

ކިންގްޑަމް އޮފް ނޯވޭގެ ސަފީރު މައި-އެލިން ސްޓެނަރ، އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވުމުން، އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަރްޙަބާ ވިދާޅުވިއެވެ.
އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާތަކުން ގުޅުން ބަދަހިކުރުން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހުރި ފުރުސަތުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި، މި ދާއިރާގައި ނޯވޭގެ ކުންފުނިތަކުން އިންވެސްޓްކުރުމަށް ފަހި ފުރުސަތުތައް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދިވެހި ޒުވާނުންނަށް ނޯވޭއިން ތަޢުލީމީ ފުރުސަތުތައް ހުޅުވާލުމާ ބެހޭ ގޮތުންވެސް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.
ސަފީރުގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމާއި، ރައީސުލްޖުމްހޫރިއްޔާ އިޝާރާތްކުރެއްވި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ.
ދިވެހިރާއްޖެ އާއި ނޯވޭއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 1984 ވަނަ އަހަރުގެ މާޗް 26 ގައެވެ.

ރިޕަބްލިކް އޮފް ގިނީގެ ނޮން-ރެޒިޑެންޓް ސަފީރު ކޮންޓް އަލައްސާން، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އަށް އެރުއްވުމުން، އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަރްޙަބާ ވިދާޅުވިއެވެ.
ސަފީރުކަމުގެ ފަތްކޮޅު އެރުއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި، އިންވެސްޓްމަންޓްގެ ދާއިރާއާއި އިޤްތިޞާދީ އެއްބާރުލުން ދިނުމާއި ތިމާވެށީގެ މައްސަލަތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ދެ ޤައުމުގެ މެދުގައި އޮތް ބަދަހި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެބޭފުޅުންވެސް ދެއްވިއެވެ.
ދިވެހިރާއްޖެއާއި ގިނީއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1983 ވަނަ އަހަރުގެ ޖުލައި 20 ގައެވެ.

އަލްޖީރިއާގެ ނޮން-ރެޒިޑެންޓް ސަފީރު އަބްޑެނަރ ޚެލެފީ، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އަށް އެރުއްވުމުން، އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަރްޙަބާ ވިދާޅުވިއެވެ.
ސަފީރުކަމުގެ ފަތްކޮޅު އެރުއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ސަފީރާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އިތުރުން، ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން، ބަދަހިކުރުމާ ބެހޭ ގޮތުންނާއި، ދޭދޭ މަސްލަހަތުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.
އަދި އިސްލާމީ އިލްމުވެރިންނާއި ޤުރުއާން ކިޔަވާ މީހުންނަށް އަލްޖީރިއާގައި ތަމްރީނު ލިބުމަށް އޮތް ފުރުޞަތުތަކާމެދުވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން، އަލްޖީރިއާގެ ސަފީރު ވަނީ، ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތަށް ތަޢުރީފު ކުރައްވާފައެވެ.
ދިވެހިރާއްޖެއާއި އަލްޖީރިޔާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1988 ވަނަ އަހަރުގެ މާރިޗު 8 ގައެވެ.
ކޮމެންޓު ފޮނުވާ