ހިޖުރައިން ލިއްބައިދޭ ފިލާވަޅަކީ ދީނަށްޓަކާ ގުރުބާންވުމުގެ މަތިވެރި ފިލާވަޅު: ޚުޡުބާ

ހިޖުރައިން ލިއްބައިދޭ ފިލާވަޅަކީ ދީނަށްޓަކާ ގުރުބާންވުމުގެ މަތިވެރި ފިލާވަޅު: ޚުޡުބާ

Author
ހުސައިން
20 ޖޫން 2025 01:13
0

ހިޖުރައިގެ ލަފްޒީ މާނައަކީ ތިމާގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުން ކަމުގައިވި ނަމަވެސް، އޭގެ މާނައަކީ އެއަށްވުރެ މާ ފުޅާ މާނައެއް ކަމެއްކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

މިފެށޭ ހަފްތާއަކީ ހިޖުރީ އާއަހަރު ފެށޭ ހަފްތާކަމަށް ވުމާއެކު "ހިޖުރައިގެ ޢިބުރަތްތަކުގެ ތެރެއިން" މިމައުޞޫއަށް ޚާއްސަ ކުރެވިގެންދިޔަ މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެފައިވަނީ، ހިޖުއިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައް ދޫކޮށް ހެއުކަމުގެ މަގަށް ރުޖޫޢަވުން ކަމުގައެވެ.

މިގޮތުން ކީރިތި ރަސޫލާ މައްކާ ދޫކޮށް މަދީނާއަށް ކުރެއްވި ހިޖުރައިގެ ހާދިސާގެ ތަފްސީލުތައް ބަޔާން ކުރައްވަމުން ޚުޠުބާގައި ވިދާޅުވެފައިވަނީ ރަސޫލާގެ ހިޖުރާގައި ތަފާތު އެތަކެއް އިބުރަތްތަކާއި ދަރުސްތައް ހިމެނޭ ކަމުގައެވެ.

މިގޮތުން ހިޖުރައިން ލިބޭ އެއް ފިލާވަޅެއްގެ ގޮތުގައި ޚުޠުބާގައި ބަޔާން ކުރައްވާފައިވަނީ އިސްލާމް ދީނަށްޓަކާ ތިމާގެ ހުރިހާކަމެއް ގުރުބާންކުރުމުގެ މަތިވެރި ފިލާވަޅުކަމުގައެވެ.

ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަ ކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ އެކަލޭގެފާނު އުފަންވެވަޑައިގެން ބޮޑުފުޅުވީ ރަށާއި، އާއިލާގެ ބޭފުޅުން، އިސްލާމް ދީނުގެ ދިފާޢުގައި ދޫކުރެއްވުމަށް ފަހުގައެވެ.

ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ޚުތުބާގައި ވިދާޅުވެފައިވާ ގޮތުގައި ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ، އެކަމެއް ފެށުމުގެ ކުރިން ފުރިހަމަޔަށް ރޭވުމާއި، ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި، ފުރިހަމަޔަށް ހަމަޖައްސާފައި ވުންކަމުގައެވެ. ޚުޠުބާގައި ވިދާޅުވެފައިވާ ގޮތުގައި މިގޮތުން ބަހާލެވިފައިވާ މަސައްކަތުގެ ތެރެއިން ކުރެއްވި އެއްކަމަކީ ހިޖުރައިގެ 4 މަސްކުރިން ދަތުރުގެ ސަވާރީ ތައްޔާރު ކުރައްވަން ފެއްޓެވުން ކަމުގައެވެ.

މީގެ އިތުރުންވެސް ހިޖުރައިން ލިބޭ ފިލާވަޅުތަކުގެ ތެރެއިން ދަތި އުދަނގޫ ވަގުތުގައިވެސް އީމާންކަމުގެ އަހުލުވެރިން ސާބިތުކަމުގައި ތިބޭނެކަމުގެ ފިލާޅު ހިމެނޭ ކަމަށާއި، ހިޖުރައިގެ ހާދިސާއަކި އިސްލާމީ ފުރިހަމަ ދައުލަތެއްގެ ބިންގާ އެޅިގެންދިޔަ ހާދިސާއެއްކަމުގައިވެސް ބަޔާން ކުރައްވާފައި ވެއެވެ.

ޚުތުބާގައި ވިދާޅުވެފައިވާ ގޮތުގައި ހެދެވި ފަރާތަށް ވަކީލުކުރަން ޖެހޭކަމުގެ ފިލާވަޅަކީ ހިޖުރައިގެ ހާދިސާއިން ލިބޭ މުހިންމު ފިލާވަޅެކެވެ. އަދި ތިމާ ހައްދަވާ ބޮޑުކުރެއްވި ފަރާތަށް ވަކީލު ކުރުމަކީ ވަކީލުކޮށްފީމޭ ބުނެ ދެއަތް އުރާލައިގެން ތިބުން ނޫންކަމުގައި ބަޔާން ކުރަމުން ޚުތުބާގައިވަނީ ކަންކުރުމަށް ހުރި ވަސީލަތްތަކުގެ ބޭނުން ހިފައިގެން އެކަނލާގެ ހަޒުރަތުން ރައްކާތެރިކަން ލިބޭނެކަން ޔަގީން ކޮށްގެން ތިބުމަށް ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.