ކ. މާފުށި ކައިރި ސަރަހައްދުގައި ޑައިވިންކުރަމުން ދަނިކޮށް ޖަޕާނު ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ އިމަރޖެންސީ އޮޕަރޭޝަނެއް މިވަގުތު ކުރިއަދާކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑާއި ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޔުނިޓްތަކުން ވަނީ ސަރަހައްދަށް ގޮސް ސާރޗް އެންޑް ރެސްކިއު މަސައްކަތް ފަށާފައެވެ.
ގެއްލުނު ފަރާތަކީ ޖަޕާނު ފަތުރުވެރިއެއް ކަމަށް އެމްއެންޑީއެފުން ވަނީ ކަށަވަރުކޮށްފައެވެ. ނަމަވެސް މި ހާދިސާ ހިނގި ގޮތުގެ ތަފްސީލާއި، ގެއްލުނު ފަރާތުގެ އިތުރު މަޢުލޫމާތު މިވަގުތު ލިބިފައި ނުވާ ކަމަށް ސިފައިންގެ ފަރާތުން ވިދާޅުވެއެވެ.
ސިފައިންގެ ސާރޗް ޓީމްތަކުން މިވަގުތު ވަނީ ކ. މާފުށި ކައިރި ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި އޮޕަރޭޝަނަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތް ކުރިއަށް ގެންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ކޮމެންޓު ފޮނުވާ