ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ރަޝީދުގެ ނިޔާވުމާ ގުޅިގެން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ސުކޫތެއް ގެނެސްފިއެވެ. ދިގު މުއްދަތަކަށް ބަލިވެ އުޅުއްވުމަށްފަހު ރަޝީދު ނިޔާވީ އިއްޔެ އައިޖީއެމް ހޮސްޕިޓަލުގައެވެ.
އަހްމަދު ރަޝީދަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ގައްދޫ ދާއިރާ ތަމްސީލުކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކުގައި ފުޅާ ދާއިރާއެއްގައި ބައިވެރިވެ، ފަހުން ޕީއެންސީގެ މުހިންމު ހަރަކާތްތަކުގައިވެސް އިސް ދައުރެއް އަދާކުރެއްވިއެވެ.
އަހްމަދު ރަޝީދުގެ ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ތަޢުޒިޔާ މެސެޖެއްގައި ވިދާޅުވީ، އަހްމަދު ރަޝީދަކީ އެމަނިކުފާނާ އެކުގައި ސިޔާސީ މައިދާނުގައި އެތައް މަސައްކަތްތަކެއް އެކުގައި ކުރެވުނު އަގުހުރި އެކުވެރިއެއް ކަމަށެވެ. ރައީސް އިތުރަށް ވިދާޅުވީ އޭނާ ނިޔާވުމުގެ ހިތާމައިގައި ބައިވެރިވާ ކަމަށާއި، މަރްޙޫމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ސުވަރުގެ ދާއިމީ ނިޢުމަތް ލެއްވުމަށް ދުޢާ ކުރައްވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ