ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު ރަޝީދު ނިޔާވެއްޖެ

ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު ރަޝީދު ނިޔާވެއްޖެ

Author
ހުސައިން
10 ޖޫން 2025 02:04
0

ގައުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ރަޝިީދު ނިޔާވެއްޖެއެވެ. ކުރީގެ މެމްބަރު ރަޝީދު ނިޔާވެފައިވަނީ އައިޖީއެމް ހޮސްޕިޓަލުގައި ދާދި ދެންމެއަކުއެވެ.

އެނގިފައިވާ ގޮތުގައި މެމްބަރު ރަޝީދު ގެންދެވީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުންނެވެ. އެހެންނަމަވެސް ނިޔާވި ސަބަބު އަދި ސާފު ވެފައެއް ނުވެއެވެ.

ރަޝީދު ގައްދޫ ދާއިރާގެ މެމްބަރުކަން ކުރެއްވީ 18 ވަނަ ރައްޔިތުންގެ މަޖިލިހުގައެވެ. އެއީ 2013 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށެވެ. 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ރަޝީދު ވާދަ ކުރެއްވި ނަމަވެސް އިންތިޚާބު ކާމިޔާބު ކުރެއްވިފައެއް ނުވެއެވެ. އެހެންނަމަވެސް އެއަށްފަހުވެސް ރަޝީދު ސިޔާސީ މަސައްކަތުގައި އުޅުއްވާފައި ވެއެވެ. ރަޝީދު މަސައްކަތް ކުރައްވާފައިވަނީ ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކުގައެވެ.

ތަފްސީލް އަންނަނީ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.