ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލި ތިން ކެންޑިޑޭޓުންވެސް ޝަރުތު ހަމަވާކަމަށް ޕޮލިސް ބޯޑުން ނިންމައިިފި

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލި ތިން ކެންޑިޑޭޓުންވެސް ޝަރުތު ހަމަވާކަމަށް ޕޮލިސް ބޯޑުން ނިންމައިިފި

Author
ހުސައިން
09 ޖޫން 2025 09:59
0

ކުއްލި ގޮތަކަށް ހުސްވި ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލައްވާފައިވާ ތިން ބޭފުޅުން ވެސް އެ މަގާމުގެ ޝަރުތުތައް ފުރިހަމަވާ ކަމަށް ޕޮލިސް ބޯޑުން ނިންމައިފިއެވެ. ޕޮލިސް ބޯޑުގެ އޮފިޝަލަކު ވަނީ މި ކަން ކަށަވަރުކޮށްދީފައެވެ.

މިދިޔަ އޭޕްރީލް 26ގައި އަލީ ޕޮލިސް ކޮމިޝަނަރ ޝުޖާއު އިސްތިއުފާދެއްވުމާ ގުޅިގެން ހުސްވި މި މަގާމަށް ކުރިމަތިލެއްވީ ވަގުތީ ގޮތުން ފުލުހުންގެ އިދާރާ ހިންގަވަމުން ގެންދަވާ ޑެޕިއުޓީ ކޮމިޝަނަރ އިސްމާއީލް ނަވީންއާއި، ޑެޕިއުޓީ ކޮމިޝަނަރ ފަރުހާދު ފިކުރީއާއި، ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމެވެ.

ހޯމް މިނިސްޓްރީން މެއި 27ގައި ކުރި އިންޓާނަލް އިއުލާނަކުން މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލީ، އެސިސްޓެންޓް ކޮމިޝަނަރު ރޭންކުން ފެށިގެން މަތީގެ ފުލުހުންގެ އޮފިސަރުންނަށެވެ. ޕޮލިސް ބޯޑުން މި ތިން ކެންޑިޑޭޓުންނާ އިންޓަވިއު ކުރުމަށްފަހު، ބޯޑުން ހުށަހަޅާ ނަންތަކުގެ ތެރެއިން މިނިސްޓަރުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނަރަކު އައްޔަން ކުރައްވާނެއެވެ.

ޝުޖާއުގެ އިސްތިއުފާއަކީ، މާޗު 18ގައި 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގާ ގުޅޭ ގޮތުން ފުލުހުންނަށް ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން ދެއްވި އިސްތިއުފާއެކެވެ. އޭރު ޒުވާނުން ވަނީ ޝުޖާއުގެ އިސްތިއުފާއަށް ބާރުބޮޑަށް ގޮވައިލައްވާފައެވެ.

ޝުޖާއު އިސްތިއުފާ ދެއްވުމާއެކު ފުރަތަމަ ފަރުހާދު ފިކުރީ އެކްޓިން ކޮމިޝަނަރަކަށް އައްޔަން ކުރެއްވި ނަމަވެސް، ގަޑިއިރެއް ތެރޭގައި އޭނާގެ ބަދަލުގައި އިސްމާއީލް ނަވީން އެ މަގާމަށް އައްޔަން ކުރެއްވިއެވެ. ގޮސްފައިވާ އެއް ކަމަކީ، މި ސަރުކާރުގެ ފުރަތަމަ ދައުރުގައި ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ފުރުސަތު ހުޅުވައިލުމުން ވާދަކުރެއްވި ދެ ބޭފުޅުންނަކީ ވެސް ޝުޖާއުއާއި ނަވީންކަމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.