މަޝްހޫރު ދީނީ ޢިލްމުވެެިޔާ ޝެއިޚް ފަރީދު ނިޔާވެއްޖެ

މަޝްހޫރު ދީނީ ޢިލްމުވެެިޔާ ޝެއިޚް ފަރީދު ނިޔާވެއްޖެ

Author
ހުސައިން
09 ޖޫން 2025 07:35
0

ދިވެހިރާއްޖޭގެ ނަން މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޙް އިބްރާހީމް ފަރީދު މިއަދު މެލޭޝިޔާގައި ހުންނަވަނިކޮށް ނިޔާވެއްޖެއެވެ.

ޢާއިލާގެ ފަރާތުން މީޑިއާތަކަށް ދީފައިވާ މަޢުލޫމާތުގައި ބުނެފައިވަނީ، ޝެއިޙް ނިޔާވީ އެއާޕޯޓުގައި މަތިންދާބޯޓަށް ޖެހުމަށްފަހު، އެ ބޯޓުން ފޭބެވަޑައިގަތް ވަގުތު ކަމަށެވެ. ނިޔާވި ސަބަބާއި ޙާލަތުގެ ތަފުސީލު އަދި ސާފެއް ނުވެއެވެ.

ޝެއިޙް އިބްރާހީމް ފަރީދަކީ ދިވެހިރާއްޖޭގެ އިސްލާހީ ހަރަކާތުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އިސްލާހީ ހަރަކާތުގެ ދަށުން ބާއްވާފައިވާ އެކިއެކި އެއްވުންތަކުގައި ބައިވެރިވެ، ދީނީ ތަޤުރީރުތައް ކުރައްވާފައިވެއެވެ. މި ހަރަކާތްތަކުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އޭރުގެ ސަރުކާރުން ޝެއިޙް ހައްޔަރުކޮށް ޖަލުގައި ބަންދު ކުރިކަން ވެސް ފާހަގަކުރެވެއެވެ.

ޝެއިޙް އިބްރާހީމް ފަރީދުގެ ނިޔާވުމަކީ ދިވެހި އިސްލާމީ މުޖުތަމަޢުއަށް ލިބުނު ބޮޑު ގެއްލުމެކެވެ. ޖަނާޒާއާ ގުޅޭ އިންތިޒާމުތަކާއި އިތުރު ތަފުސީލުތައް ލިބެމުން ދާނެ ކަމަށް ޢާއިލާގެ ފަރާތުން ބުނެފައިވެއެވެ.​​​​​​​​​​​​​​​​

ތަފްސީލް އަންނަނީ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.