ހަތް ކިލޯގެ ޑްރަގު އެތެރެކުރި ބޯޓުގެ ކެޕްޓަންފިޔަވާ އެހެން އެހެން ހުރިހާ ކުރޫން ދޫކޮށްލައިފި

ހަތް ކިލޯގެ ޑްރަގު އެތެރެކުރި ބޯޓުގެ ކެޕްޓަންފިޔަވާ އެހެން އެހެން ހުރިހާ ކުރޫން ދޫކޮށްލައިފި

Author
ހުސައިން
09 ޖޫން 2025 01:11
0

ކަނޑުމަގުން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި "މުތާ ޑައިމަންޑް" ބޯޓުގެ ކެޕްޓަން މިހާރުވެސް ބަންދުގައި ހުރިއިރު، އެ ބޯޓުގެ އެހެން ކުރޫ މެންބަރުން އެންމެން ދޫކޮށްލާއިފިއެވެ.

މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި މާލެ ސަރަހައްދުން މި ބޯޓު ބަލައި ފާސްކުރުމުން ހަތް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ތަކެތި ފެނިފައިވެއެވެ. މި ހާދިސާއާ ގުޅިގެން އިންޑިއާ އާއި އިންޑޮނީޝިއާގެ 10 ބިދޭސީން ހައްޔަރުކޮށްފައިވެއެވެ.

ބޯޓުގެ ކެޕްޓަން ނަސްވަންގެ ބަންދު މުއްދަތު މިހާތަނަށް ހަތް ފަހަރު އިތުރުކޮށްފައިވާއިރު، އެންމެ ފަހުން ކޯޓުން އޭނާ ބަންދުކުރަން އަމުރުކޮށްފައިވަނީ އިތުރު 30 ދުވަހުގެ މުއްދަތަކަށެވެ. ބޯޓުގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް ނޭނގޭކަމަށް ނަސްވަން ބުނި ނަމަވެސް، ބޯޓަށް އެރުވޭ ތަކެތީގެ ޒިންމާ އެހެން މީހަކު ނުނަގާ ހާލަތުގައި އެ ޒިންމާ ނަގަންޖެހޭނީ ކެޕްޓަންކަމަށް ފުލުހުން ބުނެފައިވެއެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރި ނަމަވެސް، ހައިކޯޓުން އެ މައްސަލަ ބޭރުކޮށްލާފައިވެއެވެ. މި ނިންމުމާއެކު ކެޕްޓަން ފިޔަވާ އެހެން އެންމެން އެކި ފަހަރުމަތިން ދޫކޮށްލުމުގެ ފުރުސަތު ލިބިފައިވެއެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުން، ކެޕްޓަންގެ ހައިސިއްޔަތުން ނަސްވަން ބޯޓުގައި ހުރި ތަކެތީގެ ޒިންމާއިން ބަރީއަ ނުވެވޭނެކަމަށް ދެކޭތީ އޭނާ ބަންދުގައި ބެހެއްޓުމަށް ނިންމާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.