ކުޅުދުއްފުށީ އީދުގެ މަށި މާލި ޕްރޭޑު: މިފަހަރުވެސް ޚާއްސަކުރީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ކިއުމަށް

ކުޅުދުއްފުށީ އީދުގެ މަށި މާލި ޕްރޭޑު: މިފަހަރުވެސް ޚާއްސަކުރީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ކިއުމަށް

Author
ހުސައިން
07 ޖޫން 2025 11:59
0

މިއަހަރުގެވެސް އަޟުގާ އީދާ ދިމާކޮށް ކޮންމެ އަހަރަކުވެސް ކުޅުދުއްފުށިގައި ބާއްވާ މަށި މާލި ޕްރޭޑު މި އަހަރުވެސް ބާއްވައިފިއެވެ. މި އަހަރުގެ ޕްރޭޑުގައިވެސް ފާހަގަކޮށްލެވުނީ ސަރުކާރުގެ ސިޔާސަތުތަކާއި ވައުދުތަކަށް އަމާޒުކޮށް ހަދާފައިވާ ގިނަ މާލިތަކެކެވެ.

ޕްރޭޑުގައި ބައިވެރިވި ފަރާތްތަކުން ސަރުކާރުން ވައުދުވި މަޝްރޫއުތަކާއި ދެއްކި ވާހަކަތަކާ ގުޅޭ މާލިތައް ދައްކާލާފައި ވެއެވެ. ޚާއްޞަ ގޮތެއްގައި ސަރުކާރުން އަލަށް ފަށާފައިވާ ބަންކަރިންގެ ޚިދުމަތަށް ޖޯކު ޖަހައި މާލިތައް ހަދާފައިވެއެވެ.

ހަމައެއާއެކު ދާދި ފަހުން ސައުދީ އަރަބިއްޔާގެ ޕްރިންސަކާ ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައްދަލުކުރެއްވި ކުރެއްވުމާ ގުޅޭ ގޮތުންވެސް މާލިއެއް ހިމަނާފައިވެއެވެ. މި ސަރުކާރުގެ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލަށް އަމާޒުކޮށްވެސް މާލިއެއް ހަދާފައިވާކަން ފާހަގަކުރެވުނެވެ.

މީގެ އިތުރުން މާލޭގައި އިމާރާތްކޮށްފައިވާ ބުޅާ ފެސިލިޓީޒް އާ ގުޅޭ ގޮތުންވެސް ޕްރޭޑުގައި މާލި ހަދައި ދައްކާލާފައިވެއެވެ.

މި ޕްރޭޑަކީ ކޮންމެ އަހަރަކުވެސް އާންމުންނަށް ސިޔާސީ އަދި އިޖްތިމާޢީ ކަންކަމާ ގުޅޭ ގޮތުން ޚިޔާލު ފާޅުކުރުމުގެ ފުރުޞަތެއް ލިބޭ ޙަރަކާތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.