މީޑިއާ ކައުންސިލްގެ ބައި-އިލެކްޝަން މިމަހުގެ 21 ގައި

މީޑިއާ ކައުންސިލްގެ ބައި-އިލެކްޝަން މިމަހުގެ 21 ގައި

Author
ހުސައިން
04 ޖޫން 2025 09:19
0

މޯލްޑިވްސް މީޑިއާ ކައުންސިލްގައި ހުސްވެފައިވާ ތިން މަގާމަށް މެންބަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަން މިމަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ޔޫތު މިނިސްޓްރީން ނިންމައިފިއެވެ. ވޯޓު ނެގުން އޮންނާނީ އެދުވަހުގެ ހެނދުނު 10:00 އިން 11:00 އާ ދެމެދު ސޯޝަލް ސެންޓަރުގެ ޖިމްނޭޒިއަމް ރޫމްގައެވެ.

މި އިންތިޚާބުގައި ހޮވާނީ މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންނާއި އާންމުން ތަމްސީލުކުރާ އެއް މެންބަރެވެ. މީޑިއާތަކުގެ ފަރާތުން ހޮވާ ދެ މަގާމަށް ތިން ކެންޑިޑޭޓުން ވާދަކުރާއިރު، އާންމުންގެ ފަރާތުން ހޮވާ މަގާމަށް ހަ ކެންޑިޑޭޓުން ވާދަކުރެއެވެ.

އަސްލު މި ބައި-އިލެކްޝަން ބާއްވަން ހަމަޖެހިފައިވަނީ ފާއިތުވި މަހުގެ 30 ވަނަ ދުވަހުއެވެ. ނަމަވެސް އިންތިޚާބު ބޭއްވުމުގެ 10 ދުވަސް ކުރިން މިނިސްޓްރީން ވާދަކުރުމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައި، އިންތިޚާބު ބޭއްވާ ތާރީޚު ބަދަލުކޮށްފައިވެއެވެ.

މީޑިއާ ކައުންސިލަކީ ދިވެހިރާއްޖޭގެ މީޑިއާތަކުގެ ކަންކަން ބެލެހެއްޓުމާއި، މީޑިއާގެ މިނިވަންކަން ކަށަވަރުކުރުމަށް މަސައްކަތްކުރާ މުސްތަގިއްލު މުއައްސަސާއެކެވެ. މި ފަހަރުގެ ބައި-އިލެކްޝަނުން ހޮވޭ މެންބަރުން ކައުންސިލްގެ މުހިންމު މަސައްކަތްތަކުގައި ބައިވެރިވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.