ރޭ މާލޭގައި ބަންގްލަދޭޝް ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފިއެވެ. ފުލުހުންގެ ބުނެފައިވަނީ، ޝަހީދު ކުޑަނެވި ތުއްތުމަނިކު ހިނގުމުގައި މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 03:10 ގައެވެ.
ހަމަލާގައި ޒަޚަމްވި ބިދޭސީ މީހާ ފަރުވާއަށް އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް ފުލުހުން ހާމަކުރިއެވެ. އެހެންނަމަވެސް އޭނާއަށް ލިބުނު ޒަޚަމްތަކުގެ ކުޑަބޮޑުމިނާއި ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލާގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވިނަމަވެސް، މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެންމެ ފަހުން މާލޭ ސަރަހައްދުގައި މާރާމާރީގެ ހާދިސާތައް އިތުރުވަމުން އަންނަ ކަމާއި، ތޫނު އެއްޗެހި ބޭނުންކޮށްގެން ހަމަލާދިނުމުގެ މައްސަލަތައް ގިނަވަމުންދާ ކަން ފާހަގަކުރެވެއެވެ. މިދިޔަ ހޮނިހިރު ދުވަހު ހުޅުމާލޭގައި ކެފޭއެއްގެ ކައިރީގައި ހިނގި މާރާމާރީއެއްގައި މީހެއްގެ ނޭފަތް ފަޅައިލާފައިވާ ހާދިސާއެއްވެސް ވަނީ ހިނގާފައެވެ.
ކޮމެންޓު ފޮނުވާ