ރައީސް މުޢިއްޒުގެ ދެކަނބަލުން ސަޢޫދީއަށް ވަޑައިގެންފި

ރައީސް މުޢިއްޒުގެ ދެކަނބަލުން ސަޢޫދީއަށް ވަޑައިގެންފި

Author
ހުސައިން
31 މެއި 2025 09:12
0

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަހަރުގެ ޙައްޖު އަދާކުރެއްވުމަށްޓަކައި ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ އާއި އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގަތީ މިއަދު ރާއްޖެ ގަޑިން ހަވީރުގެ ވަގުތެއްގައެވެ.

ސަޢޫދީ ޢަރަބިއްޔާގެ މަދީނާ ވިލާތުގެ ޑެޕިއުޓީ ގަވަރުނަރު ޢަބްދުލް މޮހްސިން ޙަމީދު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އިޚްލާޞްތެރި މަރުޙަބާއެއް ދެންނެވިއެވެ.

މި މުހިންމު ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުންތަކެއް ބައިވެރިވެވަޑައިގަންނަވައެވެ. އެގޮތުން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރު، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުﷲ ޚަލީލް، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަދި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް އަދި ޗީފް އޮފް ޕްރޮޓޮކޯލް މުޙައްމަދު ޝަހުދީ ވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި އަރިހުގައި ވަޑައިގަންނަވާ ވަފުދު ސަޢޫދީ ޢަރަބިއްޔާގައި ހުންނަވާނީ ސަޢޫދީ ސަރުކާރުގެ ޚާއްޞަ މެހްމާންދާރީގައި ކަމަށް ވެސް ފާހަގަކުރެވެއެވެ. މިއީ ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ގާތް ގުޅުމުގެ ހެކިކަމެއްގެ ގޮތުގައި ބެލެވޭ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.