މާތްﷲގެ އޯގާވަންތަކަމާއި ތަނަވަސް ރަހުމަތުން ޙައްޖުގެ އަަޅުކަން އަދާކުރުމުގެ ނަސީބު ނުލިބޭ މީހުންވެސް އެ ދުވަހުގެ ސަވާބުން މަޙުރޫމް ނުކުރައްވާ ކަމަށާއި، ޙައްޖަށް ދިއުމުގެ ނަސީބު ނުލިބޭ މީހުން ޢަރަފާތު ދުވަހު ރޯދަހިފުން މޮޅު އިތުރުވެގެންވާ ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"ޢަރަފާތު ދުވަހުގެ މާތްކަން" މިމައުޟޫއަށް ޚާއްސަކުރެވުނު މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ ޢަރަފާތު ދުވަހު ރޯދަ ހިފުމަކީ ފާއިތުވެދިޔަ އަހަރާއި އަންނާން އޮތް އަހަރުގެ ކުދި ފާފަތައް ފުހެވޭ ކަމެއް ކަމުގައި ރަސޫލާގެ ހަދީސުން ސާބިތުވާ ކަމުގައެވެ.
ޢަރަފާތުދުވަހު ފާފަ ފުއްސެވުން އެދި ދުއާކުރާށެވެ! އަރަފާތު ދުވަހަކީ ދުޢާ އިޖާބަކުރެއްވުމުގެ ދުވަހެވެ.
މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.
ޚުޠުބާގައި އިތުރަށް ވިދާޅުވީ ޢަރަފާތު ދުވަހު ޒިކުރުކޮށް ދުޢާކުރުން ގިނަ ކުރުމަކީ އެދެވިގެންވާ ކަމެއް ކަމުގައެވެ. އަދި ޙައްޖުދުވަހު އަރަފާތުގެ ބިމަށް ޖަމާވެފައިވާ ޙައްޖުވެރިންގެ ގިނަގުނަ ފާފަތައް މާތްﷲ ފުއްސަވާދެއްވާ ކަމަށާއި، އެއީ ފާފަ ފުއްސެވުމާއި އަފޫ ކުރެއްވުމުގެ ދުވަސްކަމަށާއި އެއީ ނަރަކައިން ދިންނަވާ މުއްތި ކުރެއްވުމުގެ ދުވަސްކަމުގައިވެސް މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.
"ޢަރަފާތު ދުވަހަށްވުރެ ގިނައިން މާތް ﷲ އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ." ރަސޫލާގެ ހަދީސްފުޅެއްގެ މާނާގައި ވެއެވެ.
ޚުޠުބާގައި ވިދާޅުވީ ޢަރަފާތު ދުވަހަކީ ޙައްޖުމަހުގެ 9 ވަނަ ދުވަސް ކަމަށާއި އެދުވަހަކީ މާފް ﷲ އަކަލާނގެ އަޅުތަކުންގެ ކިބައިން އަހުދު ކަށަވަރު ހިއްޕެވި ދުވަސް ކަމުގައެވެ.
ކޮމެންޓު ފޮނުވާ