ގާނޫނާ ހިލާފަށް ރާއްޖެއަށް ދުންފަތް އެތެރެކުރި ބިދޭސީއަކު ހައްޔަރުކޮށްފި

ގާނޫނާ ހިލާފަށް ރާއްޖެއަށް ދުންފަތް އެތެރެކުރި ބިދޭސީއަކު ހައްޔަރުކޮށްފި

Author
ހުސައިން
25 މެއި 2025 09:31
0

ގަވާއިދާ ޚިލާފަށް ރާއްޖެއަށް ސިނގިރޭޓް އެތެރެކޮށް ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި 45 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އަބްދުލް ކަރީމް ފުލުހުން ހައްޔަރުކޮށްފިއެވެ. މި މީހާއަކީ ވީސާ މުއްދަތު ހަމަވުމަށްފަހު ގާނޫނާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ މީހެއް ކަމަށް ފުލުހުންގެ ތަހުގީގަށް އެނގިފައިވެއެވެ.

މި މަހުގެ 23 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ވިލިމާލޭގައި ފުލުހުން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކުރީ ތިލަފުށި ބޯޓުޔާޑުގައި ހުރި ދޯންޏެއް ބަލައި ފާސްކުރުމުންނެވެ. އެ ދޯނީގައި މެންޗެސްޓަރ ބްރޭންޑުގެ 32 ކާޓޫނު ސިނގިރޭޓް ފެނުނުކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ. މި ސިނގިރޭޓްތަކަކީ ކަސްޓަމްސްގެ ހުއްދަނެތި ގާނޫނާ ޚިލާފަށް ރާއްޖެ އެތެރެކޮށްފައިވާ މުދާކަމަށް ބެލެވެއެވެ.

އަބްދުލް ކަރީމް ކޯޓަށް ހާޒިރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް އެދުމުން، ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ. މި ވަގުތު މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.