ޣައްޒާގައި ބަނޑުހައި ހޫނުގައި ޝަހީދުވި މީހުންގެ އަދަދު 19 އަށް އަރައިފި

ޣައްޒާގައި ބަނޑުހައި ހޫނުގައި ޝަހީދުވި މީހުންގެ އަދަދު 19 އަށް އަރައިފި

Author
ހުސައިން
23 މެއި 2025 08:21
0

ބުރާސްފަތި ދުވަހުގެ ފަތިހު އިސްރާއީލުން ގާޒާއަށް ދިން ހަމަލާތަކުގައި މަދުވެގެން 85 މީހުން މަރުވެފައިވާ ކަމަށް މެޑިކަލް ސޯސަސްތަކުން އަލް ޖަޒީރާއަށް މަޢުލޫމާތު ދީފިއެވެ. މެދު ނުކެނޑި އިސްރާއީލުން ޢައްޒާއަށް ދެމުންދާ ބޮމް ހަމަލާތަކުގެ ސަބަބުން މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދާ ކަމަށް ވެސް ބުނެފައިވެއެވެ.

ގާޒާގެ ސިއްޙީ ވުޒާރާއިން ބުނެފައިވަނީ، ފާއިތުވި ދުވަސްތަކުގައި ގާޒާގައި މަރުވި 29 ކުޑަކުދިންނާއި މުސްކުޅިން "ކާބޯތަކެތީގެ ދަތިކަމާ ގުޅުންހުރި މަރުތައް" ގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ކަމަށެވެ. އަދި އެތައް ހާސް ބަޔަކު ކާބޯތަކެތީގެ ދަތިކަމުން މަރުވުމުގެ ނުރައްކާ ހުރި ކަމަށް ވެސް ބުނެފައިވެއެވެ.

އިސްރާއީލުން ލެބަނަންގެ ދެކުނާއި އިރުމަތީ ކަންކޮޅުގައި ހުރި ސަރަޙައްދުތަކަށް ބޮމުގެ ހަމަލާ ދީ، މަދުވެގެން އެކަކު މަރާލާފައިވެއެވެ. މި ހަމަލާތަކަކީ ނޮވެމްބަރު މަހު ހިޒްބުﷲއާ އެކު ވެވުނު އެއްބަސްވުމަށްފަހު ދިން އެންމެ ބާރުގަދަ ހަމަލާތަކެއް ކަމަށް މީޑިއާތަކުން ބުނެފައި ވެއެވެ.

ގާޒާގެ ސިއްޙީ ވުޒާރާއިން ބުނި ގޮތުގައި، ގާޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގައި މަދުވެގެން 53,762 ފަލަސްޠީނީން މަރުވެ، 122,197 މީހުން ވަނީ ޒަޚަމްވެފައެވެ. އައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން މަރުވި މީހުންގެ އަދަދު 61,700 އަށް ވުރެ މަތިކޮށް އަޕްޑޭޓް ކޮށްފައިވާއިރު، ހަނގުރާމާއިގެ ތެރޭގައި ގެއްލިފައިވާ އެތައް ހާސް މީހުން މަރުވެފައިވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.