ނޫސްވެރިކަމުގެ މިނިވަންކަން ދަނީ ނެތެމުން: ޝާހިދު

ނޫސްވެރިކަމުގެ މިނިވަންކަން ދަނީ ނެތެމުން: ޝާހިދު

Author
ހުސައިން
22 މެއި 2025 08:17
0

މިހާރުގެ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅަމުންދާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. މި ވާހަކަ ޝާހިދު ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް މަރްޔަމް ޒީނިޔާ ތިން ދުވަހަށް ސަސްޕެންޑްކުރުމާ ގުޅިގެން އެ ކޮމިޝަނުގެ ބައެއް މުވައްޒަފުން މަސައްކަތް ހުއްޓާލައި ގެއަށް ދިޔުމާ ބެހޭގޮތުން އެވެ.

އެކްސްގައި ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިކަމުގައި، މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުން މިނިވަން މުއައްސަސާތަކާއި ފާޑުކިޔާ ފަރާތްތަކާ މެދު ގެންގުޅޭ ނުރުހުން އިތުރުވަމުންދާކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ މި ފިޔަވަޅަކީ ސިޔާސީ ނުފޫޒުފޯރުވުމުގެ ކަމެއްކަން ސާފުކޮށް އެނގޭ ކަމަށާއި، މިއީ ޤައުމުގެ މީޑިއާއިން މަސައްކަތްކުރާ ފަރާތްތަކަށް ފޮނުވި ނުރައްކާތެރި އިޝާރާތެއް ކަމަށެވެ.

އިތުރަށް ޝާހިދު ވިދާޅުވީ މި ސަރުކާރާއެކު ނޫސްވެރިކަމުގެ މިނިވަންކަން ނެތިގެންދާނެ ކަމަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ މުވައްޒަފުން ބުނެފައިވަނީ ޒީނިޔާ ސަސްޕެންޑް ކުރިކަން އެމުވައްޒަފުންނަށް އެނގުނީ މީޑިއާ މެދުވެރިކޮށް ކަމަށާއި، އެއީ އިދާރީ އޮނިގަނޑުތަކާ ހިލާފަށް ކުރި ކަމެއް ކަމަށެވެ. އޭގެ ކުރިން އެއްވެސް އިޖުރާތެއް ނފުރިހަމަ ނުކޮށް މިކަން ކުރުމަކީ މުވައްޒަފުންނަށް ބިރުދެއްކުން ކަމަށް ބްރޯޑްކޮމްގެ މުވައްޒަފުން ބުނެފައި ވެއެވެ. ހަމަ އެގޮތަށް ބްރޯޑްކާސްޓިން ކޮމިޝަނުން ޒީނިޔާ ތިން ދުވަހަށް ސަސްޕެންޑްކޮށް، މި މުއްދަތުގައި ލިޔުމުން ޖަވާބުދާރީވުމަށް ވެސް އަންގާފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.