ދުންފަތުގެ ޓެކްސް އިން ދައުލަތަށް އާމްދަނީ ހޯދުމަށް ޝައުގުވެރިކަމެއް ނެތް: ރައީސް

ދުންފަތުގެ ޓެކްސް އިން ދައުލަތަށް އާމްދަނީ ހޯދުމަށް ޝައުގުވެރިކަމެއް ނެތް: ރައީސް

Author
ހުސައިން
21 މެއި 2025 02:25
0

ދުންފަތުގެ ޓެކްސް އިން ދައުލަތަށް އާމްދަނީ ހޯދުމަށް ޝައުގުވެރިކަމެއް ނެތްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި 2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވާ ދިވެހި ރައްޔިތުންނަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރާ ގާނޫނީ އިސްލާހު ތަސްދީގުކުރެއްވިއެވެ.

"އަޅުގަނޑުގެ އަމިއްލަ ތަޞައްވުރަކީ ރާއްޖެއަށް ދުންފަތުގެ އެއްވެސް ބާވަތެއް އެތެރެނުކުރުން. އެހެންނަމަވެސް، އެތެރެކުރެވޭހާ ހިނދަކު އެއިން ލިބޭ އާމްދަނީ ޢާންމު ޞިއްޙަތު ރަނގަޅުކުރުމަށް އަމާޒުކުރެވޭނެ" ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ "މި ދާއިރާއިން ލިބޭ ފައިސާއަކީ އާންމު ޞިއްޙަތު ރަނގަޅުކުރުމަށާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކަށާއި ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް ޚަރަދުކުރެވޭނެ ފައިސާއެއް" ކަމަށެވެ.

ދުންފަތުގެ ބާވަތްތައް އެތެރެކުރުން މުޅިން މަނާނުކުރާހާ ހިނދަކު، އެތެރެކުރެވޭ ތަކެތިން ޑިއުޓީ ނެގުމަކީ ބަޖެޓަށް ބޭނުންތެރިކަމެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި އެހެން ޤައުމުތަކުގައި "ޖެނެރޭޝަން ބޭން" ތަންފީޒުނުކުރެވުނު ކަމުގައިވިޔަސް، ދިވެހިރާއްޖެއަށް އަމިއްލަ ޚާއްޞަ ޙައްލެއް ހޯދުމުގެ ފުރުޞަތު އޮތްކަން ފާހަގަކުރައްވައި، މިފަދަ މުހިންމު އިސްލާޙަކީ ރާއްޖޭގެ ޞިއްޙަތު ރަނގަޅުކުރުމަށް އެޅޭ ހަރުދަނާ ފިޔަވަޅެއްކަމަށް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.