ހޮޓެލް ބާސެލޯ ނަސަންދުރާ: މާލޭގައި ހުޅުވުނު އެންމެ ޒަމާނީ އެއް ހޮޓެލް ހުޅުވައިފި

ހޮޓެލް ބާސެލޯ ނަސަންދުރާ: މާލޭގައި ހުޅުވުނު އެންމެ ޒަމާނީ އެއް ހޮޓެލް ހުޅުވައިފި

Author
ހުސައިން
19 މެއި 2025 11:55
0

މާލެ، 20 މެއި 2025 – މާލޭގައި މިހާތަނަށް ތަރައްޤީކުރެވުނު އެންމެ މަތީ ފަންތީގެ ހޮޓެލް، "ބާސެލޯ ނަސަންދުރާ" ގެ ރަސްމީ ހުޅުވުން މިއަދު ބޭއްވިއްޖެއެވެ. މި މުހިންމު ހަފްލާގައި ރިބަން ކަނޑުއްވައިދެއްވީ ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރ އޮނަރަބަލް ޠާރިޤް އިބްރާހީމެވެ.

ހުޅުވުމުގެ ޙަފްލާގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ޠާރިޤް ފާހަގަކުރެއްވީ މި ހޮޓެލްގެ ސަބަބުން މާލެއަށް ލިބިގެންދާނެ ގިނަގުނަ މަންފާތަކެވެ. "މި ހޮޓެލް ހުޅުވުމަކީ ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ކުރިއެރުމެއް ނޫނެވެ. މިއީ މާލޭގެ އިޤްތިޞާދަށް ލިބޭ ބޮޑު ހިތްވަރެކެވެ. އަދި ހަމަ އެހެންމެ ދިވެހި ޒުވާނުންނަށް ފަހި ވަޒީފާގެ ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމެކެވެ" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ބާސެލޯ ނަސަންދުރާ ހޮޓެލަކީ މާލެއަށް އަންނަ ފަތުރުވެރިންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދޭނެ ތަނެކެވެ. "މި ހޮޓެލް ހުޅުވުމުން މާލެއަކީ ދުނިޔޭގެ ނަޒަރުގައި މެހެމާންދާރީ ފުރިހަމަ ރަށެއްގެ ގޮތުގައި އިތުރަށް ފާހަގަވެގެންދާނެއެވެ" އޭނާ ވިދާޅުވިއެވެ.

ސްޕެއިންގެ މަޝްހޫރު ބާސެލޯ ގްރޫޕުން ތަރައްޤީކޮށްފައިވާ މި ހޮޓެލަކީ 16 ބުރީގެ އިމާރާތެއްގައި 136 ކޮޓަރި ހިމެނޭ ފަސްތަރީގެ ހޮޓެލެކެވެ. ޚާއްޞަކޮށް ފާހަގަކޮށްލެވެނީ 95 ކޮޓަރިއަކީ މޫދު ފެންނަ މަންޒަރު ލިބޭ ކޮޓަރިތަކެއް ކަމެވެ. މީގެއިތުރުން 16 ވަނަ ފަންގިފިލާގައި ޒަމާނީ ސާވިސް އެޕާޓްމަންޓްތަކެއްވެސް ހިމެނެއެވެ.

މި މުހިންމު ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ވެރިންނާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކުގެ އިތުރުން ގިނަ އަދަދެއްގެ ޚާއްޞަ މެހެމާނުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ހޮޓެލްގެ ވެރިންގެ ފަރާތުން ހާމަކުރެއްވި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހިންނަށް ޚާއްޞަ ޑިސްކައުންޓްތަކާއި ޕްރޮމޯޝަންތައް ތަޢާރަފުކުރުމަށް ވަނީ ރޭވިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.