ބޯވާރެއާއި ގަދަ ވައި: ޔެލޯ އެލާޓް ދިގުދަންމާލައިފި

ބޯވާރެއާއި ގަދަ ވައި: ޔެލޯ އެލާޓް ދިގުދަންމާލައިފި

Author
ހުސައިން
19 މެއި 2025 01:41
0

ގުގުރުމާއެކު ބޯކޮށް ވާރޭވެހުމުގެ ފުރުޞަތު އޮތްކަމަށް ބުނެ، މިއަދު މެންދުރު 11:30 ގައި ނެރުނު ޔެލޯ އެލާޓް ހަވީރު 15:30 އާ ހަމައަށް ދިގުދަންމާލައިފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން މި އެލާޓް ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށެވެ.

މި ސަރަހައްދުތަކުގައި މި ވަގުތުތަކުގައި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައި ޖެހުމުގެ ފުރުޞަތު އޮތްކަމަށާއި ކަނޑުތައް ގަދަވެފައި ހުންނާނެ ކަމަށް މެޓް އޮފީހުން އަންގާފައިވެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ވ. ރަކީދޫއަށެވެ. އެރަށަށް 57.2 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އދ. މާމިގިއްޔަށް 52 މިލިމީޓަރުގެ ވާރެ ވެހިފައިވާއިރު، ހުޅުލެއަށްވެސް ވަނީ ގިނަ އަދަދަކަށް ވާރޭވެހިފައެވެ.

މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ދުވަސްވަރު ކަމަށް ފާހަގަކޮށް، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ޙާއްޞަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.