އެމްޑީޕީއިން ކުރިއަށް އޮތް އިންތިހާބުތަކަށް ތައްޔާރުވުމަށް ޕީޖީ ގުރޫޕް އައްޑޫއަށް

އެމްޑީޕީއިން ކުރިއަށް އޮތް އިންތިހާބުތަކަށް ތައްޔާރުވުމަށް ޕީޖީ ގުރޫޕް އައްޑޫއަށް

Author
ހުސައިން
16 މެއި 2025 09:24
0

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން އައްޑޫ ސިޓީއަށް ޚާއްސަ ދަތުރެއް ކުރައްވައިފިއެވެ. މި ދަތުރަކީ ކުރިއަށް އޮތް އިންތިހާބުތަކަށް އެ ޕާޓީ ތައްޔާރުކުރުމުގެ ގޮތުން، އައްޑޫގައި ދިރިއުޅުއްވާ ޕާޓީގެ މެންބަރުންނާއެކު މަޝްވަރާކުރުމަށް ރާވާފައިވާ ދަތުރެކެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް އައްޑޫގައި ހޭދަކުރައްވައި، އެކި ރަށްރަށުގައި ހަރަކާތްތެރިވާނެ ކަމަށް އެމްޑީޕީން ހާމަކޮށްފައިވެއެވެ.

މީގެ ކުރިން ވެސް ކުރިއަށް އޮތް އިންތިހާބުތަކަށް އެމްޑީޕީ ހަރުދަނާކުރުމުގެ މަޤްޞަދުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ދާދި ފަހުން އައްޑޫއަށް ވަނީ ދަތުރެއް ކުރައްވާފައެވެ. މިއީ އެމްޑީޕީން އަތޮޅުތަކުގައި ޕާޓީގެ ހަރަކާތްތައް އިތުރުކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން ކުރެވޭ ދަތުރުތަކެކެވެ.

އިންތިހާބާ ކުރިމަތިލުމުގެ ކުރިން، އައްޑޫގައި ޕާޓީގެ ހަރަކާތްތައް ހަރުދަނާކޮށް، ރައްޔިތުންގެ ތާއީދު ހޯދުމަށް އެމްޑީޕީން މަސައްކަތްތަކެއް ކުރަމުންދާކަން މި ދަތުރުތަކުން ހާމަވެގެންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.