ރަސޫލާއަށް ކިޔަމަން ނުވުމުން މުއުމިނުން ކުރާ ހެޔޮ އަމަލުތައް ބާޠިލް ވާނޭކަން ވަނީ އަންގަވާފަ: ޚުޠުބާ

ރަސޫލާއަށް ކިޔަމަން ނުވުމުން މުއުމިނުން ކުރާ ހެޔޮ އަމަލުތައް ބާޠިލް ވާނޭކަން ވަނީ އަންގަވާފަ: ޚުޠުބާ

Author
ޙަސަން މުޙައްމަދު
16 މެއި 2025 01:17
0

މާތްﷲ އަށް ކިޔަމަންވުމަށް ކުރައްވާފައިވާ އަމުރުފުޅާއި ވިދިގެން ރަސޫލާއަށް ކިޔަމަންވުމަށް ކީރިތި ގުރުއާންގައި އަމުރުކުރައްވާފައި ވާކަމަށާއި، އެކަލާނގެއަށް އުރެދުމެކޭ އެއްފަދައިން ރަސޫލާއަށް ކިޔަމަން ނުވުމުން މުއިއމިނުން ކުރާ ހެޔޮ ޢަމަލުތައް ބާޠިލްވާނޭކަންވެސް އަންގަވާފައިވާކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"އިސްލާމީ ޝަރީއަތުގައި ސުންނަތުގެ މަގާމް" މިމައުޟޫއަށް ޚާއްސަކުރެވުނު މިއަދުގެ ޚުޠުބާގައި ވިދާޅުވީ ﷲއާއި އެކަލާނގެ ރަސޫލާއަށް ނުކިޔަމަންތެރިވުމަކީ މުއުމިނުންކުރާ ހެޔޮ ޢަމަލުތައް ބާޠިލްވާނޭ ކަމެއް ކަމުގައެވެ. އެގޮތުން އެނގި ކަށަވަރުވާ ކަމަކީ ރަސޫލާއަށް ކިޔަމަން ނުވާމީހާ މާތް ﷲއަށް ކިޔަމަންވާ މީހަކުކަމުގައި ނުވާނޭ ކަމުގައެވެ.

މުސްލިމް އަޚުންނޭވެ! ޝައްކެއް ނެތް ގޮތުގައި މާތް ﷲ އަހަރެމެންގެ ގާތަށް ރަސޫލަކު ފޮނުއްވާފައިވަނީ އަހަރެމެންނަށް ސީދާ މަގަށް މަގު ދެއްކެވުމަށެވެ. އެހެންކަމުން އެކަލޭގެފާނަށް ތަބާވުމަކީ އަހަރެމެންގެ މައްޗަށް ލާޒިމްވެގެންވާ ކަމެއްކަން ކަށަވަރެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް އެކަލޭގެފާނު ނަމޫނާއެއް ކަމުގައި ބަލައިގަންނާން ޖެހެއެވެ.

މިއަދުގެ ހުކުުރު ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ޚުޠުބާގައި އިތުރަށް ވިދާޅުވީ ﷲގެ ކަލާމްފުޅު އަހަރެމެންނާ ހަމައަށް އައިސްފައިވަނީ ރަސޫލާގެ ދޫފުޅުމަތީން ކަމަށާއި އެހެންކަމުން ރަސޫލާގެ ސުންނަތަށް އީމާން ނުވާމީހާ ހަގީގަތުގައި ގުރުއާނަށްވެސް އީމާންވާ ކަމުގައި ނުވާނޭ ކަމުގައެވެ. އެހެންކަމުން ސުންނަތާ ނުލާ ދީނުގެ ހުކުމްތައް ނޭނގޭނެކަމުގައި މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެފައި ވެއެވެ. އަދި ރަސޫލާގެ ސުންނަތަކީ ދީނުގެ ޝަރީއަތުގެ ދެވަނަ މަސްދަރުކަން ކަމުގައި ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.