އއ. މަތިވެރީގައި އެއާޕޯޓެއް ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ފުރުޞަތު ހުޅުވާލައިފިއެވެ. މި މަޝްރޫޢުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހުށަހެޅުމަށް މިނިސްޓްރީން ވަނީ އިޢުލާންކޮށްފައެވެ.
މި އެއާޕޯޓަކީ "ކްރޮސް ސަބްސިޑީ" އުސޫލުން މަތިވެރި ފަޅު ހިއްކައިގެން ތަރައްޤީކުރާ މަޝްރޫޢެއް ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ. އަދި މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއްކަންވެސް ފާހަގަކޮށްފައިވެއެވެ.
މިދިޔަ އަހަރު ރައީސް ޑރ. މުޢިއްޒު މަތިވެރިއަށް ކުރެއްވި ދަތުރުފުޅެއްގައި، އއ. އަތޮޅުގައި އެއާޕޯޓެއް ޤާއިމްކުރުމަކީ އިޤްތިޞާދީގޮތުން ދެކޮޅުޖެހޭ ކަމެއްކަމަށް ވިދާޅުވެފައިވެއެވެ.
މަތިވެރިއަކީ މާލެއިން ދޮޅުގަޑިއިރެއްހާއިރުން ދަތުރުކުރެވޭ ރަށެކެވެ. އަދި މިހާރުވެސް ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރިއަރަމުންދާ ރަށެއްކަން ފާހަގަކުރެވެއެވެ. މި އެއާޕޯޓް ޤާއިމްކުރެވުމުން ރަށުގެ އިޤްތިޞާދަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ